އިންފަންޓީނޯ އާއި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތް ޚާއްސަ ފުޓްބޯޅައިގެ ހަރަކާތް ބާއްވައިފި
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތް ޚާއްސަ ފުޓުބޯޅަ ފެސްޓިވަލް ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ބާއްވައިފިއެވެ. މި ފެސްޓިވަލަކީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙްމަދު ތޯރިގުގެ ދަޢުވަތަކަށް ރާއްޖެއަށް ޒިޔާރަތްކުރެއްވި ފީފާގެ ރައީސް އިންފަންޓީނޯގެ ޝަރަފުގައި ބޭއްވި ކުޅިވަރު ހަރަކާތެކެވެ. މި ޚާއްސަ ފެސްޓިވަލުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، ނައިބު ރައީސް ޙުސައިނ...