"ޒޯން 3،2،1 ލީގު، ދިވެހި ޕްރިމިއާ ލީގު 2023/2024 ކޮލިފިކޭޝަން"ގައި ބައިވެރިވާން ހުޅުވާލައިފި

Zone football

ފުޓްބޯލް އެސިސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ ލީގު ފޯމެޓްގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ، ޒޯން 1، 2، 3 ލީގު، ދިވެހި ޕްރިމިއާ ލީގު 2023/2024 ކޮލިފިކޭޝަން"ގައި ބައިވެރިވާން ބޭނުންވާ ރަށްރަށުގެ ޓީމުތަކަށް އެ ފުރުސަތު ހުޅުވައިލައިފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ސޮއިކޮށް، އެ އެސޯސިޝިއޭސަންގެ މެންބަރު ޒޯން 3،2،1 ގެ ކްލަބް/ޖަމިއްޔާތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ވާގޮތުން އެފްއޭއެމްގެ އާ ލީގު ފޯމެޓްގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ، ޒޯން 1، 2، 3 ލީގު، ދިވެހި ޕްރިމިއާ ލީގު 2023/2024 ކޮލިފިކޭޝަން" ފެށުމަށް ނިންމާފައި ވަނީ މި އަހަރުގެ މާރިޗް މަހުއެވެ.

މި ކޮލިފިކޭޝަންގައި ބައިވެރިވުމަށް ބޭނުންވާ ކްލަބްތަކުން އަންނަ ފެބްރުއަރީ މަހުގެ 7 ދުވަހުގެ 14:00ގެ ކުރިން، ލިޔުމަކުން އެކަން ބަޔާންކޮށް އެފްއޭއެމަށް ހުށަހަޅަން ޖެހެއެވެ. މި ލިޔުމާއެކު ކްލަބްގެ ރަޖިސްޓްރީގެ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެއެވެ.

މީގެއިތުރުން "އީމެއިލް: league@famaldives.com" އަށް މި ލިޔުންތައް މެއިލް ކުރުމުން ވެސް އެ ލިޔުންތައް ބަލައިގަނެވޭނެ ކަމަށާއި، އިތުރު މެއިލްއަކަށް މި ލިޔުންތައް ފޮނުވިނަމަވެސް ބަލައިނުގަނެވޭނެ ކަމަށް އެފްއޭއެމުން ބުނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
އިސްމާއިލް ރިޔާޒް، 9173371
މުހައްމަދު ސައްޖާހް، 9949942
މުޙައްމަދު އާދަމް، 9819189

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގައި ޒޯންތައް ބަހާފައިވާ ގޮތަށް ބަލާއިރު، ޒޯން 1 ގައި ހިމެނެނީ، ހއ, ހދ, ށ، ނ އަދި ރ އަތޮޅެވެ. ޒޯން 2 ގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ޒޯން 3 ގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅެވެ. އަދި ޒޯން 4 އަކީ ގްރޭޓާ މާލެ އޭރިއާ އެވެ.

މި ކޮލިފިކޭޝަންގައި ކޮންމެ ޒޯނެއްގައި ހަތަރު ޑިވިޝަން ހިމެނޭއިރު، އެއީ އޯޕަން ޑިވިޝަން، ތިން ވަނަ ޑިވިޝަން، ދެ ވަނަ ޑިވިޝަން އަދި ފުރަތަމަ ޑިވިޝަން އެވެ.

މާލޭ ޒޯންގައި ލީގުގައި އަށް ޓީމު ވާދަކުރާއިރު، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ ހަތަރު ޒޯނުގެ ޗެމްޕިއަން ޓީމުތަކާ އެކު ޖުމްލަ 12 ޓީމެވެ. ޒޯން ހަތަރެއް އިން 2022 ގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަން ޓީމު ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ފަހަރަށް ކުޅޭ ލީގަށް ކޮލިފައި ވާނެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި