ޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް (ޕެންޓަހައުސް) ފުލުހުންނާއި ހަވާލުކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ޓަވަރުތަކުން ބައްސާމް ގަނެފައި ހުންނަ ދެ ޕެންޓަހައުސް އަކީ ކޯވިޑު ދުވަސްވަރު ދިވެހި ކްލަބްތަކަށް ފައިސާ ދޫކުރަން އެފްއޭއެމަށް ދިން ފައިސާ ބޭނުންކޮށްގެން ގަނެފައިވާތަންތަން ކަމަށް އޮތީ ތުހުމަތު ކުރެވިފައެވެ. މި ތުހުމަތާއި ގުޅިގެން މައްސަލަ ތަހްގީގު ކުރުމަށްފަހު ފުލުހުން ވަނީ ބައްސާމްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ވެސް ފޮނުވާފައެވެ.

Ad
rt

މި ދެ ތަން ހަވާލުކުރަން ކޯޓުން އަމުރުކުރީ 28 ސެޕްޓެމްބަރު 2024 ގައެވެ. މި އަމުރާއި ގުޅިގެން ބައްސާމްގެ ފަރާތުން އޭނާގެ ވަކީލުން ވަނީ އެތަންތަން ހުސްކުރުމުގެ މުހުލަތު މި މަހު 31 އާއި ހަމައަށް އިތުރުކޮށްދޭން އެދިފައެވެ.

ކޯޓުން އަމުރުކޮށްފައިވާ ގޮތުން މި މަހުގެ 6 ގެ ނިޔަލަށް ބައްސާމް އެތަންތަން ފުލުހުންނާއި ހަވާލުކުރަންޖެހެއެވެ. ނަމަވެސް ފުލުހުން ވަނީ ހާލަތަށް ރިއާޔަތްކުރުމަށްފަހު ބައްސާމް އެދުނު މުއްދަތު މި މަހުގެ ހަވަނަ ދުވަހު އޭނާ އަށް ދީފައެވެ.

ދެ ޕެންޓްހައުސް ހުސްކުރަން ބައްސާމަށް އިތުރު މުހުލަތު ދީފި

މި ނިންމުމަށްފަހު ފުލުހުންގެ ނިންމުން ބަދަލުކޮށް އެތަންތަން 8 އޮކްޓޯބަރު ދުވަހުގެ ރޭ 12:00 ގެ ކުރިން ހަވާލުކުރަން އަލުން ވަނީ އަންގާފައެވެ.

މި އެންގުމާއި އެއްގޮތަށް އެ ދެތަން ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ. ފުލުހުން ބުނިގޮތުގައި ބައްސާމް އެ ދެތަން ހަވާލުކޮށްފައި ވަނީ ރޭ 12:00 ގައެވެ.

ބައްސާމާއި ގުޅޭ އިތުރު މައްސަލަތަކެއް ފުލުހުންގެ ތަހުގީގު މަރާލާގައި ވެސް އޮތްއިރު، މި ތުހުމަތުތަކާއި ގުޅިގެން އޭނާ ރާއްޖެއިން ފުރުން މަނާކޮށް، ޕާސްޕޯޓު ވެސް އޮތީ ހިފަހައްޓާފައެވެ.