ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް އިތުރު މުހުލަތު ދިނުމަށް އޭނާގެ ފަރާތުން ފުލުހުގައި އެދިއްޖެއެވެ.

އެފްއެމްއޭމް ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައި ހިމެނޭ ހުޅުމާލޭ އަމިން އެވެނިއުގައި ހުންނަ ދެ ޕެންޓަހައުސް ފުލުހުންނާއި ހަވާލުކުރުމަށް 28 ސެޕްޓެމްބަރު 2024 ގައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ad
rt

އެހެންވެ އެ ދެތަނާއި ހަވާލުވުމަށް އެ މުއައްސަސާއިން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް 4 އޮކްޓޯބަރު 2024 ވީ ހުކުރު ދުވަހު ފުލުހުންބުން ވަނީ ބުނެފައެވެ.

މި ދެ ތަން ފުލުހުންނާއި ހަވާލުކުރަން އަމުރުކޮށް މުހުލަތު ދީފައި ވަނީ މިއަދުގެ ނިޔަަލަށެވެ.

ބައްސާމުގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އަންގައިފި

ފުލުހުން މިއަދު ބުނީ އެ ތަން ފުލުހުންނާއި ހަވާލުކުރުމަށް މި މަހުގެ 31 އާއި ހަމައަށް އިތުރު މުއްދަތު ދިނުމަށް ބައްސާމުގެ ވަކީލުންގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

އެހެންވެ، އެ ސިޓީއަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.