ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)އާ ގުޅޭ ފައިސާގެ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށްދާއިރު، އެ އެސޯޝިއޭސަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ފުލުހުންގެ އިސްނެގުމުގެ މަތިން އެކަމަށް ބޭނުންވާ ކޯޓު އަމުރެއް ހޯދައިގެންނެވެ.

Ad
rt

ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، 30 ނޮވެމްބަރު 2023 ގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވަނީ އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގައި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ އެންމެ އިސްކޮށް ތުހުމަތުކުރެވޭ ފަރާތް ކަމަށާއި އޭނާގެ މައްޗަށް އެ ހަފްތާގައި ދައުވާ ކުރަން ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.

މާލީ އިދާރާތަކުން އެއްކޮށްފައިވާ މައުލޫމާތުތަކުގައި ދައުވާ ކުރެވޭ ވަރަށް މައުލޫމާތު އެބަ ހުރި ކަމަށާއި، ދައުވާ ކުރަން ފޮނުވުމުގެ ކުރިން، އިތުރަށް ބަލާލަން ޖެހޭ ކަންތައްތައް ބައްލަވާނެ ކަމަށް ވެސް ޕީޖީ ވަނީ އެދުވަހު ވިދާޅުވެފައެވެ.

އެފްއޭއެމް އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ އިތުރު ކުށުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގެއް ހިންގަން ފުލުހުންގެ މައްޗަށް އަމުރުކުރުން ފުލުހުން ވަނީ 22 އޮކްޓޯބަރު 2023ގައި މާފަންނު ސްޓޭޑިއަމް ހުޅަނގުގައި ހުންނަ އެފްއޭމުގެ މައި އޮފީސް ''އެފްއޭއެމްހައުސް''އަށް ވަދެ، ތަހުގީގަށް ބޭނުންވާ މަސައްކަތްތައްކޮށްފައެވެ.

އެ މައްސަލާގައި އެފްއޭމްގެ ވެރިން ފީފާ އާއި ބޭރުގެ އެކި ފަރާތްތަކުން އެފްއޭއެމް އަށް ދޭ ފަންޑާއި އެހީގެ ފައިސާ، އެކައުންޓަށް ޖަމާވުމާ އެކު އެތަނުގެ ބައެއް ވެރިންނާއި އެ މީހުންނާ ގުޅުން ހުރި ބައެއް ކުންފުނިތަކުގެ އެކައުންޓުތަކަށް ފޮނުވާކަން ފުލުހުން އެއްކުރި މައުލޫމާތުން އިނގުނުކަމަށް ވެސް ވަނީ އަޑުފެތުރިފައެވެ.