އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ، އެކަން ހުއްޓުވަން ގާނޫނަށް އިސްލާހު ހުށަހަޅާނަން: ނާޒިމް
އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒު ސަރުކާރުން ތަކުރާރުކޮށް ފޯރުވަމުންދާ ކަމަށާއި، އެކަން ހުއްޓުވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރަށްވާފައިވާ ނާޒިމް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ”އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒު ސަރުކާރުން ތަކުރާރުކޮށް ވައްދާތީ އެކަން ބަންދުކުރުމަށް އިންތިހާބ...