ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އެންމެ އިސް ދެ ލީޑަރުންކަމަށްވާ، އެޕާޓީގެ އިސް ލީޑަރު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސް، މަޖިލިސް ރައީސް މުޙައްމަދު ނަޝީދާ ދެ ބޭފުޅުންނަކީ ވެރިކަންކުރުމުގެ ގާބިލުކަން ހުރި ދެބޭފުޅުން ނޫންކަމަށާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ސަރުކާރެއް ހިންގާނީ ގާބިލު މީހުން ކަމަށް އެ ޕާޓީގެ ނައިބު ރައީސް، ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ ވިދާޅުވީ، ރައީސް ނަޝީދާއި، ރައީސް ޞާލިޙްގެ ތަފާތެއް ނެތް ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ވެސް ވެރިކަން ހިންގުމުގެ ގާބިލުކަން ނެތް ކަމަށް ވިދާޅުވިއެވެ.
''ނަޝީދާއި ރ.ސޯލިހުގެ ތަފާތެއް ނެތް. ވެރިކަން ހިންގުމުގެ ގާބިލުކަމެއް ދެމީހުންގެވެސް ނެތް. ގައުމަށް ދަރާފައިވާ މީހުން ސަރުކާރު ހިސޯރުކުރަން ދޫކޮށްލީ. ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް "ހިލޭ އެހީ" ގެ ގޮތުގައި ދެމީހުންވެސް ދިނީ. އެމްއެންޕީ ސަރުކާރެއް ހިންގާނީ ގާބިލު މީހުން'' ދުންޔާ ވިދާޅުވިއެވެ.
ދުންޔާ މިހެން ވިދާޅުވިއިރު ރައީސް ޞާލިޙާއި ނަޝީދު ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރުމަށއް ފުރުޞަތު ހޯއްދެވުމަށް ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ.
ދުންޔާ ނިސްބަތްވެވަޑައިގަންނަވާ އެމްއެންޕީން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ކަމަށް ނިންމާފައިވާއިރު، އެ ޕާޓީން މިހާރު ދަނީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!