މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެންޕީ

197 Stories filed
ނުކުމެ މިތިބީ ރާއްޖެ އަނބުރާ ދިވެހިންގެ އަތް މައްޗަށް ހޯދައިދޭން: ނާޒިމް
Raajje

ނުކުމެ މިތިބީ ރާއްޖެ އަނބުރާ ދިވެހިންގެ އަތް މައްޗަށް ހޯދައިދޭން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ) ނުކުމެ ތިބީ ރާއްޖެ އަނބުރާ ދިވެހިންގެ އަތް މައްޗަށް ހޯދައިދޭން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ އޭނާގެ ރަނިން މޭޓު އިއުލާން ކުރުމަށް މާލޭ ބިލަބޮން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ޖަލްސާގައެވެ. ރޭގެ ޖަލްސާގައި ނާޒިމް ދެއްކެވި ވާހަކާގައި ވަނީ އެމްއެންޕީގެ ޕާޓީގެ އަމާޒު ތަފާތު ކަމަށް […]

ނާޒިމްގެ ރަނިންމޭޓަކަށް އަދީލް ހަމަޖައްސައިފި
Raajje

ނާޒިމްގެ ރަނިންމޭޓަކަށް އަދީލް ހަމަޖައްސައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް އައްޑޫ ސިޓީއަށް ނިސްބަތްވާ ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސާ، އެކަން އިއުލާން ކޮށްފިއެވެ. އެކަން ރަސްމީކޮށް އިއުލާނު ކުރީ މިކަމަށްޓަކައި ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްގެންދާ ހާއްސަ ޖަލްސާގައެވެ. މި ޖަލްސާގައި އެމްއެންޕީގެ ރަނިންމޭޓު އިއުލާނު ކޮށްދެއްވީ، އެ ޕާޓީގެ ރައީސް އަދި ރިޠާސީ ކެންޑިޑޭޓް ނާޒިމްއެވެ. މި ޖަލްސާގައި […]

ނާޒިމްގެ ރަންނިން މޭޓަކަށް ޑރ. އަދީލް ހަމަޖައްސަން ނިންމިކަމުގެ އަޑުތަކެއް
Raajje

ނާޒިމްގެ ރަންނިން މޭޓަކަށް ޑރ. އަދީލް ހަމަޖައްސަން ނިންމިކަމުގެ އަޑުތަކެއް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަން މަޝްވަރާކުރަމުން އެބަދެއެވެ. ޑރ. އަދީލް އެ މަގާމަށް ހަމަޖެއްސިކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއިރު، އެކަމާއިގުޅޭގޮތުން ސުވާލު ކުރުމުން އެމްއެންޕީގެ އިސް އޮފިޝަލަކު ”ތިލަދުން” އަށް ވިދާޅުވީ، ޑރ. އަދީލްގެ ނަމަކީ ވެސް އެ މަގާމަށް ހަމަޖެއްސުމަށް މަޝްވަރާކުރެވުން އަ...

ނާޒިމުގެ ރަނިން މޭޓް އިއުލާން ކުރުން ހޮނިހިރު ދުވަހުގެ ރޭ
Raajje

ނާޒިމުގެ ރަނިން މޭޓް އިއުލާން ކުރުން ހޮނިހިރު ދުވަހުގެ ރޭ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރަނިން މޭޓު އިއުލާންކުރާ ޖަލްސާ އަންނަ ހޮނިހިރު ދުވަހު ރޭ ބާއްވަން ނިންމައިފިއެވެ. އެންއެންޕީން ބުނީ އެ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި މާލޭ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައި ކަމަށެވެ. ނާޒިމްގެ ރަނިން މޭޓު އިއުލާންކުރާ ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެ ރޭ […]

ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް ނާޒިމްގެ ގަރާރެއް މަޖިލީހަށް!
Parliament

ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް ނާޒިމްގެ ގަރާރެއް މަޖިލީހަށް!

ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އެ ގަރާރުގައި ނާޒިމް ވިދާޅުވެފައިވަނީ 31 ޖުލައި 2023 ގައި އެމެރިކާ ސަރުކާރު (ޔޫ.އެސް. ޑިޕާރޓްމަންޓް އޮފް ދަ ޓްރެޝަރީ) އިން 20 ދިވެއްސެއްގެ ނަމާއި އެފަރާތްތަކާއި ގުޅުން އޮންނަ 29 ވިޔަފާރިއެއް ފާހަގަކޮށް، އެފަރާތްތަކަށް ނިސްބަތްވާ މުދަލާއ...

ނިގާބު އަޅާ މީހުންނަށް ވަޒީފާ އަދާނުކުރެވޭ ގޮތަށް ހެދުން ބަލައެއް ނުގަނެވޭ: ނާޒިމް
Raajje

ނިގާބު އަޅާ މީހުންނަށް ވަޒީފާ އަދާނުކުރެވޭ ގޮތަށް ހެދުން ބަލައެއް ނުގަނެވޭ: ނާޒިމް

ނިގާބް އަޅާ މީހުންނަށް ތަޢުލީމް ޙާޞިލުކުރުމަށް ހުރަސްއެޅޭގޮތަށް އަދި ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް ވަޒީފާ އަދާނުކުރެވޭނޭ ގޮތަށް ގަވާއިދުތައް ހެދިގެން ނުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ޖުލައި 30 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ނިގާބް އަޅާ އަންހެނުންނަކީ މި ސަރުކާރުން މާ ބިރުހީވާ […]

އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގައި ގޭންގްތަކެއް ނޯންނާނެ: ނާޒިމް
Raajje

އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގައި ގޭންގްތަކެއް ނޯންނާނެ: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ރާއްޖޭގައި ގޭންގްތަކެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް  ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “އާސްކް ނާޒިމް” ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ “ގޭންގް” މިހެން ކިޔާހިތެއް ނުވާ ކަމަށާއި އެފަދަ ކުދިން އަލުން އަނބުރާ މުޖުތަމައު އަށް ގެނައުމަކީ އެންމެ ބޭނުންވާ ކަންތައް ކަމަށެވެ. އަދި […]

މާރަންދޫ ރައީސް ޖައިލަމް، ނާޒިމަށް ތާއީދުކޮށް އެމްއެންޕީއާ ގުޅިއްޖެ
Thiladhunmathi News

މާރަންދޫ ރައީސް ޖައިލަމް، ނާޒިމަށް ތާއީދުކޮށް އެމްއެންޕީއާ ގުޅިއްޖެ

ހއ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވައިފިއެވެ. ޖައިލަމް އެމްއެންޕީއަށް ސޮއި ކުރައްވައި، ފޯމު ހަވާލުކުރައްވާފައި ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އާއެވެ. އެމްއެންޕީން ވަނީ، މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްއަށް ތާއިދުކުރަން ނިންމައި، އެމްއެންޕީއާއި ގުޅުމުން ހޫނު މަރުހަބާއެއް...

އަމިއްލަ ބާރުތައް ގެއްލެމުންދާކަމުގެ އިންޒާރުގެ ރަނގަބީލުގެ އަޑު ދަނީ އިވެމުން: ނާޒިމް
Raajje

އަމިއްލަ ބާރުތައް ގެއްލެމުންދާކަމުގެ އިންޒާރުގެ ރަނގަބީލުގެ އަޑު ދަނީ އިވެމުން: ނާޒިމް

ގައުމެއް މިނިވަންކުރުމަކީ އެ ގައުމެއް އަޅުދާސްކޮށްގެން ތިބިބައެއްގެ އަތުން ގައުމުއަތުލައި، ރައްޔިތުންގެ އަމިއްލަ ވަންތަ ސަރުކާރެއް ގާއިމުކުރުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. އެ ހިތާބުގައި ވިދާޅުވީ އެއާ ހިލާފަށް، ގައުމެއްގެ މިނިވަންކަން ދަމަހައްޓައި އަމިއްލަ ވަންތަ ދައުލަތެއް ބިނާކުރުމަކީ، ވަރަށ...

ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް އުޝާމް
Raajje

ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް އުޝާމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އިންތިޚާބީ އެޖެންޓަކަށް އެމްއެންޕީގެ އެއް ފައުންޑާ، އަދި އެއް ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ހަމަޖައްސައިފިއެވެ. ނާޒިމްގެ ރިޔާސީ ކެމްޕޭން ތަރުޖަމާނު ގޮތުގައި ވެސް ހުންނެވި އުޝާމް އެ މަގާމަށް ހަމަޖެއްސިކަން އެމްއެންޕީން ވަނީ މިއަދު ހާމަކޮށްފައެވެ. ނާޒިމްގެ ކެމްޕޭން...

އެމްއެންޕީގެ ސަރުކާރެއްގައި ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ލިބޭނެ: ނާޒިމް
Raajje

އެމްއެންޕީގެ ސަރުކާރެއްގައި ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ލިބޭނެ: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. “ނުއިވޭ އަޑުތައް” މި ސިލްސިލާގެ 5 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ ކަމަށާއި ދޯނީގައި މަސްފިނިކުރެވޭނޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި މަހުގެ އަގު 22 ރުފިޔާއަށް ބަދަލުކޮށްދެއްވާނެ ކަމަށާއި...

އެއް ކެންޑިޑޭޓެއް ނެރުމަށް ޖޭޕީ، ޑިމޮކްރެޓިކްސް އަދި އެމްއެންޕީ އެއްބަސްވުމަކަށް
Raajje

އެއް ކެންޑިޑޭޓެއް ނެރުމަށް ޖޭޕީ، ޑިމޮކްރެޓިކްސް އަދި އެމްއެންޕީ އެއްބަސްވުމަކަށް

ޕްރޮގްރެސިވް ކޯލިޝަނުން ރުހިއްޖެނަމަ، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމަށް އެއްބަސްވެއްޖެއެވެ. މިގޮތަށް އެއްބަސްވެފައި މިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ބައްދަލު ކުރެއްވުމަށްފަހުގައެވެ. ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫ...

މަޖިލީހަށް މެމްބަރުން އިތުރުކުރުމަށް ތާއީދެއް ނުކުރަން: ނާޒިމް
Raajje

މަޖިލީހަށް މެމްބަރުން އިތުރުކުރުމަށް ތާއީދެއް ނުކުރަން: ނާޒިމް

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިތުރުކުރުމަށް ތާއީދު ނުކުރައްވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއުރާތަކުގެ އަދަދު އަންނައަހަރު އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވުމާއި ގުޅިގެންނެވެ. ނާޒިމް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވާ ގޮތަށް އޮންނަ އޮތުމަކީ އެއްގޮތަކަށް ވެސް...

އެމްއެންޕީގެ ސަރުކާރެއްގައި ވިޔަފާރި ދާއިރާއަށް ޒުވާނުން ނެރެ ތަމްރީން ކުރާނަން: ނާޒިމް
Raajje

އެމްއެންޕީގެ ސަރުކާރެއްގައި ވިޔަފާރި ދާއިރާއަށް ޒުވާނުން ނެރެ ތަމްރީން ކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ވިޔަފާރި ދާއިރާއަށް ޒުވާނުން ނެރެ ތަމްރީން ކުރައްވާނެ ކަމަށް އެޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. “ވިޔަފާރި 101 ވިތް ނާޒިމް” ނަމުގައި ސަލްޓަންޕާކުގައި ބޭއްވި ހާއްސަ އިވެންޓެއްގައި އޭނާގެ ސަރުކާރެއްގައި ވިޔަފާރި ފެށުމަށް ސްޓާޓަޕް ލޯނު ދޫކުރާނެ ކަމަށާއި ވިޔަފާރި ލޯނުތައް ދޫކުރުމުގައި އެއްވެސް ތަފާތުކުރެއް ނެތި ހަމަހަކަމާއެކު އެކަން ކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ ބޭފުޅުން ދޮގުހ...

ގާސިމާއި ނާޒިމްގެ ބައްދަލުވުމެއް
Raajje

ގާސިމާއި ނާޒިމްގެ ބައްދަލުވުމެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރ، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ބައްދަލު ކުރައްވައިފިއެވެ. ޤާސިމާއި ނާޒިމަކީ ވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ދެ ބޭފުޅުންގެ ނުރަސްމީ ކެމްޕޭން ވެސް ވަނީ މިހާރު ފަށާފައެވެ. މި ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ޤާސިމްގެ ވިލާ ޕާކު (ސަން އައިލެންޑު ރިސޯޓު) […]