ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރަނިން މޭޓު އިއުލާންކުރާ ޖަލްސާ އަންނަ ހޮނިހިރު ދުވަހު ރޭ ބާއްވަން ނިންމައިފިއެވެ.
އެންއެންޕީން ބުނީ އެ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި މާލޭ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައި ކަމަށެވެ.
ނާޒިމްގެ ރަނިން މޭޓު އިއުލާންކުރާ ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާއިރު، ނާޒިމްގެ އިންތިޚާބީ އެޖެންޓަކަށް ހަމަޖައްސާފައި ވަނީ އެމްއެންޕީގެ އެއް ފައުންޑާ، އަދި އެއް ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ. އަދި ނާޒިމްގެ ރިޔާސީ ކެމްޕޭން ތަރުޖަމާނަކީ ވެސް އުޝާމް އެވެ.
ނާޒިމްގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި މުހައްމަދު ފަޔާޒް (އެފްއޭ)އެވެ.
ނާޒިމްގެ ކެމްޕޭންގެ އިސް މަގާމުތައް ހަމަޖަސަމުން އަންނައިރު އޭނާ ގެންދަވަނީ ''އުޖާލާ ޒަމާން'' ޝިއާރުގެ ދަށުން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!