މާލޭގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެއްޖެ
މާލޭގައި ދެ ސައިކަލު ޖެހި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ދަރުބާރުގެ ޓްރެފިކްލައިޓް ކައިރިން ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 6:45 ހާއިރު ކަމަށެވެ. މި އެކްސިޑެންޓްގައި އެތަނުން އެއްސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި އެކްސިޑެންޓުގައި […]