ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި މިއަދު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
ހުޅުމާލޭ މިދިލި މަގުގައި ހިނގި މި އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިއަދު 12:09 ގައެވެ.
މި އެކްސިޑެންޓްގައި ދެ ސައިކަލު ދުއްވި ދެ މީހުންނަށް ވަނީ އަނިޔާ ވެފައެވެ. އަދި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ ވެހިކަލްތައް ދުއްވި ތިން މީހުންގެ އަތުގައި ވެސް އެ އުޅަނދެއް ދުއްވުމު ލައިސަންސް އޮތް ކަމަށެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!