މަސް ހިފަން އުޅުނު މީހެއްގެ ގައިގާ ލޯންޗަކުންޖެހި، އެމީހާ ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދަނގަޑެއް ހިފައިގެން މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގާ ގއ. ގެމަނަފުށި ފަޅަށް ވަންނަން ދިޔަ ލޯންޗަކުންޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓު މިރޭ އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ނިޔާވެފައި ވަނީ އުމުރުން 45 އަހަރުގެ ދިވެއްސެކެވެ.
އެއީ ގއ. ކަނޑުހުޅުދޫ އަށް ނިސްބަތްވާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!