ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ ފްލެޓަކުން ރޭ ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ކުއްޖާ އަކީ ހއ. ދިއްދޫ، ޝަމަންވިލާ، އުމުރުން 15 އަހަރުގެ މުހައްމަދު އައިހަމް އިސްމާއީލް އެވެ.
އެ ކުއްޖާ ވެއްޓިފައި އޮތްތަނުގައި ގިނަ އަދަދެއްގެ ލޭ ހުރިއިރު، އެ ކުއްޖާ ވެއްޓުމުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެ ކުއްޖާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ކަނޑައެޅީ ރޭ 00:45 ހާއިރުއެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިވިފައިވަނީ ރޭ 23:58 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ އެޗް06 ހިޔާ ޓަވަރުގެ 12 ވަނަ ފަންގިފިލާއިންނެވެ.
އައިހަމް އަކީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގެ ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންދިޔަ ކުއްޖެކެވެ.
އައިހަމްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު އޮންނާނީ ހެނދުނު 10:00ގައި ހުޅުމާލެ މަސްޖިދު ޒައިދު ބިން ޘާބިތު (ސަހަރާ މިސްކިތް)ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!