ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް އެތަނުގެ ވޭނެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ގުލްއަލާމާ ހިންގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް ވޭނުގައި ޖެހުމުން، ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެ، ސައިކަލް ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ވެފައި ވަނިކޮށް ފެނުނީ ފުލުހުންނަށެވެ. އެއީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ގެންދަނީ މި އެކްސިޑެންޓު ތަހުގީގު ކުރަމުންނެވެ.