ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

ފޮޓޯ: އެކްސިޑެންޓް އިން މޯލްޑިވްސް
ފޮޓޯ: އެކްސިޑެންޓް އިން މޯލްޑިވްސް

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ އެކްސިޑެންޓެއް ހިނގައިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ، ކާރަކާއި ތިން ސައިކަލް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު، އެމީހުން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި