ފުއްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގައި، އެ އެކްސިޑެންޓްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ 23:43 ހާއިރު އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، ޒިބްރާ ކްރޮސް ޕޯސްޓްގެ ދަނޑީގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެމީހާއަށް އިތުރު ފަރުވާ ދިނުމަށް ރޭގެ ފަތިހުގެ ވަގުތެއްގައި ވަނީ މާލެ ގެނެވިފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!