ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެމީހަކަށް އަނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ހުޅުމާލޭގައި ހުރި މީހަކު 'ތިލަދުން' އަށް ބުނީ މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ފޭސް އެކެއްގެ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ކުރިމަތިން ކަމަށާއި އަނިޔާވި މީހުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ވެސް އެމްއެންޑީއެފްގެ ސިފައިން ކަމަށެވެ.
"މި އެކްސިޑެންޓްވީ ކަންނެލި ޖެޓީން މަގަށް ނިކުތް ސައިކަލަކާއި ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެން." އޭނަ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ އަނިޔާވި އެކަކުގެ ފައި ބިނދިފައިވާ ކަމަށާއި ފެންނަފެނުމަށް ޗިސްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މިއެކްސިޑެންޓާ ގުޅިގެން ދިވެހި ފުލުހުންގެ ފުލުހުން ހިދުމަތް މިހައިތަނަށް އެއްވެސް މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!