ނ.އަތޮޅުގައި ފަށާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ހަވާލުކޮށްފި
ސްޕެޝަލް އިކޮނޮމިކް ޒޯންސް (އެސްއީޒެޑް) ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ. އިގްތިސާދާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ދޫކުރެވުނު މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި މަޝްރޫޢަކީ މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި ޓައުންޝިޕްގެ މުހިންމު...