ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 މިރޭ އާންމުންނަށް ހުޅުވާލާނެއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެކެވެ.
މަޢުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.
އެމްއެންޑީއެފުން ބުނީ މި މައުޒަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ހުޅުމާލޭ ފެރީ ޓާމިނަލް ދިމާ ބޭރުން މިރޭ 20:45 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރުކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އުފެއްދުންތެރިކަމުގެ މަޢުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދާ މި މައުޒަރު މިރޭ 8:30 ގައި ހުޅުވާއިރު މަޢުރަޒު ކުރިއަށްދާނީ 11 ޖެހުމާހަމައަށެވެ.
މި މަޢުރަޒު ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ. މި ދުވަސްތަކުގައި މައުޒަރު ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.
ދިނުމުގެ ރަސްމިއްޔާތު ރޭ ވަނީ މާލޭގެ ސޯޝަލް ސެންޓަރުގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެއެވެ. މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ބައިވެރިވެފައިވެއެވެ. އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!