ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރި ފަރާތްތަކަށާއި، މުޅި މަޢުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފައެވެ.

Ad
rt

މިގޮތުން މުޅި މަޢުރަޒުން އެންމެ މަތިން މާކްސް ލިބުނު 5 އުފެއްދުމުގެ ތެރޭގައި ހިމެނިގެން ރަން ވަނަ ލިބުނީ ކްރެއޭޓިވް އާޓްސްގެ ދާއިރާއިން އަބުޑީ މޯލްޑިވްސްގެ ''ދެ ލާރި'' އަށާއި، މޯލްޑިވްސް ޕޮލިޓެކްނިކްނިކުން ހަދާފައިވާ ''ކޭކް ރަސްފަރި'' އަށާއި، ކްރެއޭޓިވް އާޓްސްގެ ދާއިރާއިން އިސްލާމީ މަރުކަޒުގެ ސްކޭލް ޑިޒައިން ހުށަހެޅި އަލީ މާހިރު އަށާއި، މުޙައްމަދު މޫސާ (ގަރާޑީގެ، ރ. އިނގުރައިދޫ) ލަކުޑިން ހަދާފައިވާ ''ޔޮޓް ދޯނި'' އަދި ލުޖައިން ޢަލީ ވަޙީދު (ހ. ހުޅުދުއްފާރު އާގެ، މާލެ) ''ސީ ބާޑް'' އަށެވެ.

އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރި ފަރާތްތަކުގެ ތެރޭގައި އަމިއްލަ ފަރުދުންގެ ބައިން ލުޖައިން ޢަލީ ވަޙީދު، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާ، އަދި ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ޖުމްލަ 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެއެވެ. މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ބައިވެރިވެފައިވެއެވެ. އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެކެވެ.

މި މަޢުރަޒު ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ. މަޢުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.