Skip to main content
Topic Archive

#އިބްރާހިމް ސުޖާއު

66 Stories filed
ބާރަށު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ހަމަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފި
Thiladhunmathi News

ބާރަށު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ހަމަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފި

ހއ. ބާރަށު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ބާރަށު ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާރަށު ޒުވާނުންގެ މަރުކަޒު ނިންމުމުގެ މަސައްކަތް އިއްޔެ ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމައި، ރަށުގެ ޒުވާނުންނަށް މަރުކަޒުގެ ބޭނުން ހިފޭވަރު ވާނެ […]

ފާފު އަތޮޅު މަޝްރޫޢު ހުއްޓުވަން ''ޖެހި ސަކަރާތް'' މިފަހަރު ޖެހިޔަކަ ނުދޭނަން: ޝުޖާއު
Raajje

ފާފު އަތޮޅު މަޝްރޫޢު ހުއްޓުވަން ''ޖެހި ސަކަރާތް'' މިފަހަރު ޖެހިޔަކަ ނުދޭނަން: ޝުޖާއު

ދިވެހި ސަރުކާރާއި، ޔުނޭޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫ ހުއްޓުވަން ފުރުސަތު ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ރަސްމާލެ ސަރަޙައްދުގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް ހިމެނޭހެން “މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” ގެ ނަމުގައި 20 ބިލިއަން ޔޫއެސް ޑޮލަރުގެ ބޮޑު އިންޓަގްރޭޓެޑް...

ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއެކު ރާއްޖޭގެ އިޤްތިޞާދު ނަގާކޮޅަށް ޖެހޭނެ: ޝުޖާޢު
Raajje

ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއެކު ރާއްޖޭގެ އިޤްތިޞާދު ނަގާކޮޅަށް ޖެހޭނެ: ޝުޖާޢު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދު ނަގާކޮޅަށް ޖެހި، ރާއްޖެއަކީ އިންވެސްޓަރުން އިތުބާރުކުރާ ޤައުމަކަށް ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ، ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެންނެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހެޔޮ ބަދަލެއް ގެނުވާނެ ކާމިޔާބު މަޝ...

21 މިލިއަން ރުފިޔާއަށް ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއަށް
Thiladhunmathi News

21 މިލިއަން ރުފިޔާއަށް ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއަށް

ހއ. ބާރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައް...

ކަޅުބާޒާރު އުފައްދައި، ޑޮލަރު ވިއްކަން އެންމެ ބޮޑު ހިތްވަރެއް ދެނީ ޤައުމު ދެކެ ލޯބި ނުވާ ސިޔާސީ ވެރިން: ޝުޖާޢު
Politics

ކަޅުބާޒާރު އުފައްދައި، ޑޮލަރު ވިއްކަން އެންމެ ބޮޑު ހިތްވަރެއް ދެނީ ޤައުމު ދެކެ ލޯބި ނުވާ ސިޔާސީ ވެރިން: ޝުޖާޢު

ކަޅުބާޒާރު އުފައްދައި، އަގުބޮޑުކޮށް ޑޮލަރު ވިއްކުމަށް އެންމެ ބޮޑު ހިތްވަރެއް ދެނީ ޤައުމު ދެކެ ލޯބިނުވާ ސިޔާސީ ވެރިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުންނަށް މިކަމުގައި ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވަނީ އެފަދަ ސިޔާސީ ވެރިންގެ ޢަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ބޭރު ފައިސާއިން...

ފެނަކައިން ހއ.އަތޮޅަށް ކޭބަލް ރޯލެއް ގެންދަން ދެ ލައްކަ ރުފިޔާ ޚަރަދުކުރި: ޝުޖާއު
Parliament

ފެނަކައިން ހއ.އަތޮޅަށް ކޭބަލް ރޯލެއް ގެންދަން ދެ ލައްކަ ރުފިޔާ ޚަރަދުކުރި: ޝުޖާއު

މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ކޭބަލް ރޯލެއް ހއ. އަތޮޅަށް ގެންދިއުމުގެ ފްރައިޓް ޗާޖަށް އެކަނި 2 ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ރެކްރޫޓްކުރުމާއި، ޕްރޮމޯޝަން ދިނުމުގެ އިތުރުން މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ އ...

ތަކަންދޫ ހިރިގަލު ގަބުރުސްތާނުގެ ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް
Raajje

ތަކަންދޫ ހިރިގަލު ގަބުރުސްތާނުގެ ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް

ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ މަސައްމަކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޢިއުލާން ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ދަށުން ހއ.ތަކަންދޫގައި ހިރިގަލު މަހާނައިގެ ގަބުރުސްތާނު ހިމާޔަތްކ...

ޕްރޮކިއުމަންޓް ނިޒާމުގައި އިންސާނުންގެ ދައުރު މަދުކުރުމުން ވައްކަން ވެސް މަދުވާނެ: ޝުޖާޢު
Parliament

ޕްރޮކިއުމަންޓް ނިޒާމުގައި އިންސާނުންގެ ދައުރު މަދުކުރުމުން ވައްކަން ވެސް މަދުވާނެ: ޝުޖާޢު

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރޭގައި އިންސާނުންގެ ދައުރު މިހާރަށްވުރެ މަދުކުރުމުން، ކޮރަޕްޝަނާއި ވައްކަމުގެ ފުރުޞަތުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ “މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން” ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވ...

ތިން ރައީސުން އެކުވެގެން ތަފާތު ކުރެވުނީ އެންމެ 62 ވޯޓު: ޝުޖާއު
Raajje

ތިން ރައީސުން އެކުވެގެން ތަފާތު ކުރެވުނީ އެންމެ 62 ވޯޓު: ޝުޖާއު

މިއަދު ކުރިއަށް ދިޔަ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއާ ގުޅިގެން، ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދުތަކެއް ދެއްވައިފިއެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓަށްވުރެ 62 ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ. […]

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމުން ދޭހަކޮށްދެނީ ތިން ރައީސުން ހެއްދެވީ ދޮގުކަން: ޝުޖާޢު
Raajje

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމުން ދޭހަކޮށްދެނީ ތިން ރައީސުން ހެއްދެވީ ދޮގުކަން: ޝުޖާޢު

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކުރުމުން، އެކަމުން ދައްކުވައިދެނީ ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދު، ޢަބްދުﷲ ޔާމީން އަދި އިބްރާހިމް މުޙައްމަދު ޞާލިޙް މި ސަރުކާރުގެ މާލީ ސިޔާސަތާ ގުޅުވައި ރައްޔިތުންނަށް ދެއްވަމުން ގެންދެވީ ހަޤީޤަތާ ހިލާފު ދޮގު މަޢުލޫމާތުތަކެއްކަން ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ފިޗުން ނެރުނު […]

ޕީއެންސީ މެމްބަރުންނަށް ވެސް ލިބެނީ އެހެން މެމްބަރުން ލިބޭ މަޖިލީހުގެ މުސާރަ: ޝުޖާޢު
Raajje

ޕީއެންސީ މެމްބަރުންނަށް ވެސް ލިބެނީ އެހެން މެމްބަރުން ލިބޭ މަޖިލީހުގެ މުސާރަ: ޝުޖާޢު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓް ގްރޫޕްގެ މެމްބަރުންނަށް ފައިސާ ބަހަމުންދާ ކަމަށް ނޫހަކުން ގެނެސްދީފައިވާ ޚަބަރަކީ ދޮގެއް ކަމަށާއި، އެ ބޭފުޅުންނަށް ވެސް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެމްބަރުންނަށް ވެސް ލިބޭ އުސޫލުން މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ޕީއެންސީ ޕާލަމެންޓް […]

ޔާމީން ހައްޔަރުކުރަން ގޮވާލުމުން ހިނިފުޅުވަޑުވަން އެހުންނަވަނީ އެންމެ އަރިސް ލޯޔަރު: ޝުޖާއު
Raajje

ޔާމީން ހައްޔަރުކުރަން ގޮވާލުމުން ހިނިފުޅުވަޑުވަން އެހުންނަވަނީ އެންމެ އަރިސް ލޯޔަރު: ޝުޖާއު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ގޮވާލުމުން، އެމަނިކުފާނުގެ އެންމެ އަރިސް ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ހިނިފުޅުވަޑުވަން ހުންނަވާ ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ. ޝުޖާއު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި އއ. ތޮއްޑޫގެ ޕީއެންސީގެ ކެންޑިޑޭޓުން ހޯދި...

އިހްސާނަށް އެމްޑީޕީން ވޯޓު ދިނުމަކީ ރައީސްގެ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދު އޮތްކަމުގެ ހާމަވާކަމެއް: ޝުޖާޢު
Raajje

އިހްސާނަށް އެމްޑީޕީން ވޯޓު ދިނުމަކީ ރައީސްގެ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދު އޮތްކަމުގެ ހާމަވާކަމެއް: ޝުޖާޢު

ހޯމް މިނިސްޓަރު އަލީ އިހްސާނަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ރުހުން ދެއްވުމަށް ވޯޓު ދެއްވުމަކީ، ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށާއި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިޙްސާނަށް...

މައުރޫފްގެ ބިލަކީ ''އެހުމުން ވައްކަންކޮށްގެން ހުށަހަޅާފައިވާ ބިލެއް'': ޝުޖާޢު
Parliament

މައުރޫފްގެ ބިލަކީ ''އެހުމުން ވައްކަންކޮށްގެން ހުށަހަޅާފައިވާ ބިލެއް'': ޝުޖާޢު

ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފު ޒާކިރު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހަކީ ސަރުކާރުން ކުރަމުންދިޔަ މަޝްވަރާތަކެއްގެ ތެރެއިން “އެހުމުން ވައްކަންކޮށްގެން” ހުށަހަޅާފައިވާ ބިލެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ތުހުމަތުކުރަށްވައިފިއެވެ. ޝުޖާއު މިހެން ވިދާޅުވީ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ، އެ ނެގި ބާވަތުން (ޑޮލަރުން ނަމަ ޑޮލަރުން) މުވައްޒަފުންނަށް ދިނުމަށް ލާޒިމުކޮށް މައުރޫފް މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސް...

''ބާރަށު ޕީއެންސީ ކައުންސިލަރުންގެ ފުރަތަމަ މަސައްކަތަކީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ގާއިމުކުރުން''
Thiladhunmathi News

''ބާރަށު ޕީއެންސީ ކައުންސިލަރުންގެ ފުރަތަމަ މަސައްކަތަކީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ގާއިމުކުރުން''

ހއ. ބާރަށު ކައުންސިލަށް އަލަށް އިންތިޚާބުވި ޕީއެންސީގެ ކައުންސިލަރުން މަގާމުގެ ހުވާކޮށް މަސައްކަތާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރާނެ އެންމެ މުހިއްމު މަސައްކަތަކީ އެ ރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ގާއިމުކުރުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ބާރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ޢަލީ ޝަމީމާއެކު މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާ ބައްދަލުކުރެއްވ...