ކަޅުބާޒާރު އުފައްދައި، އަގުބޮޑުކޮށް ޑޮލަރު ވިއްކުމަށް އެންމެ ބޮޑު ހިތްވަރެއް ދެނީ ޤައުމު ދެކެ ލޯބިނުވާ ސިޔާސީ ވެރިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުންނަށް މިކަމުގައި ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވަނީ އެފަދަ ސިޔާސީ ވެރިންގެ ޢަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އިޙްތިރާމް ކުރައްވާ ލީޑަރެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad
d

ކަޅުބާޒާރުގައި ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކަށް އިޝާރާތް ކުރައްވަމުން ޝުޖާއު ވިދާޅުވީ، ކަޅުބާޒާރުގައި ހުރި ޑޮލަރުގެ އަގު މިއަދު ހުރީ އިއްޔެ ހުރި އަގުގައި ނޫން ކަމަށެވެ. އަދި އެއްވެސް ސަރުކާރަކަށް ހައްލު ހޯއްދަވަން ކެރިވަޑައިނުގަތް މި މައްސަލައަށް ރައީސް ޑރ. މުޢިއްޒު ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

މީގެއިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ރައީސް މުޙައްމަދު ނަޝީދަށް ވެސް މިކަންކަން ވާގޮތް ރައީސް މުޢިއްޒު ސާފުކޮށްދެއްވާނީ ޢަމަލުންނާއި އެމަނިކުފާނު ކުރައްވާ އިޚްލާސްތެރި މަސައްކަތުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

Ad
df

ޝުޖާއު ވަނީ ކަޅުބާޒާރުގައި ޑޮލަރު ވިއްކަން ހިތްވަރުދޭ އިދިކޮޅު ސިޔާސީ ވެރިންނަށް ތަންޒީލީ ގޮތެއްގައި ހަފްތާ ބަންދުގެ މަރުޙަބާ ދަންނަވައި، މިކަމުގެ ނަތީޖާއެއްގެ ގޮތުން ''އިރާދަކުރެއްވިއްޔާ'' ދިވެހި ރައްޔިތުން އުފާވާނެ ކަމަށް ވިދާޅުވެފައެވެ.