ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ)، ކެލާ ދާއިރާގައި ހިމެނޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ރައްޔިތުންނާއި މެމްބަރު އިބްރޭ ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މި މާރިޗް މަހުގެ 5 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ކަމަށެވެ.

Ad
rt

ފިއްލަދޫ އެކައުންސިލުން ވަނީ މިބައްދަލުވުމުގައި ރަށުގެ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެދިލައްވާފައެވެ. އަދި ބައްދަލުވުމަށް ވަޑައިގަންނަވާއިރު ހުރިހާ ބޭފުޅުންވެސް މާސްކް އެޅުއްވުމަށް އެކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިއްލަދޫ އިޖްތިމާޢީ މަރުކަޒުގެ ހޯލުގައެވެ.