ޕީއެންސީގައި ރެނދު އަޅުވާލެވޭނެ އެއްވެސް ފަންޑިތައެއް ޔާމީނަކަށް އެނގިވަޑައެއްނުގަންނަވާނެ: އަބްދުއްރަހީމް
ވެރިކަން ކުރާ ޕީއެންސީގެ ތެރޭގައި ރެނދު އަޅުވާލެވޭނެ އެއްވެސް ”ފަންޑިތައެއް ނުވަތަ ސިހުރުހާހޫރައެއް” ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމަކަށް އެނގިވަޑައެއްނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ. އަބުދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކ...