މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކޯވިޑްގެ މަރުތައް

65 Stories filed
ކޯވިޑް ބަލީގައި 25 އަހަރުގެ އަންހެނެއް ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި 25 އަހަރުގެ އަންހެނެއް ނިޔާވެއްޖެ

ކޯވިޑް ބަލީގައި 25 އަހަރުގެ އަންހެން ކުއްޖެއް ނިޔާވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާގޮތިގައި މިއަދު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާ ހޯދަމުން ދިޔަ ފަރާތެކެވެ. މިޒުވާނާ މާލެ ގެނެސްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހާލު ދެރަވުމުން އިތުރު ފަރުވާ އަށެވެ. އެއިރު އެޒުވާނާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. ހާލު އިތުރަށް ގޯސްވާން ފެށުމުން ސިޒޭރިއަން ހެދުމަށްފަހު ދަރިފުޅު ވަނީ ނަގާފަ އެވެ. މިއީ ފ. ނިލަންދޫ ޒުވާނެއްކަމަށް ޚަބަރު ލިބެއެވެ. މި މިޒުވާނާއާއި އެކު […]

އިތުރު މީހަކު ނިޔާވެ ރާއްޖޭގެ އަދަދު 193އަށް އަރައިފި
Raajje

އިތުރު މީހަކު ނިޔާވެ ރާއްޖޭގެ އަދަދު 193އަށް އަރައިފި

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 60 އަހަރުގެ މީހެކެވެ. އެއީ އަންހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި 193 ވަނަ މީހާއެވެ. މިބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެއީ 56 އަހަރުގެ މީހެކެވެ. މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 33 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު […]

ކޯވިޑް ބަލީގައި 56 އަހަރުގެ މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި 56 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 56 އަހަރުގެ މީހެކެވެ. އެއީ އަންހެނެކެވެ. މިބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވުމުން މިހާރު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި ޖުމްލަ މީހުންގެ އަދަދު މިވަނީ 192 އަށް އަރާފައެވެ. މިބަލީގައި އިއްޔެ މީހަކު ނިޔާވެފައެއް ނުވެއެވެ. މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 32 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 […]

ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 191 އަށް
Raajje

ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 191 އަށް

ކޯވިޑް ބަލީގައި މިއަދު މިހާތަނަށް ރާއްޖެއިން ދެ މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި، މިއަދު މިހާތަނަށް ނިޔާވެފައި ވަނީ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އެއީ އުމުރުން 77 އަހަރުގެ މީހަކާއި 94 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީ ވެސް ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެމީހުންނެވެ. 77 އަހަރުފެ މީހާ ނިޔާވީ ހެނދުނު 9:50 ގައެވެ. 94 އަހަރުގެ މީހާ ނިޔާވީ ހެނދުނު 10:31 ގައެވެ. […]

ކޯވިޑް ބަލީގައި 41 އަހަރުގެ މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި 41 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 41 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގުގައި އެ މީހާ ނިޔާވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.  މިއާއު އެކު މިއަދު ރާއްޖެއިން ކޮވިޑްބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 3 ކަށް އަރާފަ އެވެ. މީގެ ކުރިން މއިަދު ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކާއި މިއަދު ހެނދުނު ހަމަ އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ […]

ކޯވިޑް ބަލީގައި އިތުރު ދެ މީހަކު ނިޔާވެ، ޖުމްލަ 184އަށް
Raajje

ކޯވިޑް ބަލީގައި އިތުރު ދެ މީހަކު ނިޔާވެ، ޖުމްލަ 184އަށް

ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، 93 އަހަރުގެ ފިރިހެނަކާއި، 82 އަހަރުގެ އަންހެނެކެވެ. މި ދެ މީހުން ވެސް ނިޔާވެފައި ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައެވެ. ފިރިހެން މީހާ ނިޔާވީ ރޭ މެންދަމު 00:47 ގައެވެ. އަންހެން މީހާ ނިޔާވީ ހެނދުނު 8 ޖަހާއިރުއެވެ. މިބަލީގައި އިތުރު ދެ މީހަކު ނިޔާވުމުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 184 އަށް އަރާފައެވެ. […]

ކޯވިޑް ބަލީގައި ޒުވާނަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި ޒުވާނަކު ނިޔާވެއްޖެ

ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން ޒުވާން އުމުރުގެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެކެވެ. އެ ޒުވާނާއަކީ ގއ. ދާންދޫއަށް ނިސްބަތްވާ މީހެކެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވީ އެރަށުގައި ހުއްޓައެވެ. އޭނާ މާލެ ގެނައީ އެބަލީގައި ހާލު ގޯސްވުމުން އިތުރު ފަރުވާއަށެވެ. އޭނާ ނިޔާވީ ރޭ ފަތިހު ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި […]

ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެ، ޖުމްލަ އަދަދު 177 އަށް
Raajje

ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެ، ޖުމްލަ އަދަދު 177 އަށް

ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު 77 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވީ މިއަދު ހަވީރު 04:30 ގައިއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. މި މީހާއަކީ މި ބަލީގައި ރާއްޖެ އިން ނިޔާވި 177 ވަނަ މީހާ އެވެ. ކޯވިޑް ބަލީގައި މިއަދު ވަނީ އިތުރު 2 މީހަކު ނިޔާވެފައެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 37 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެކެވެ. […]

އެމެޖެންސީގައި އައިޖީއެމްއެޗް އަށް ގެންދިޔަ 37 އަހަރުގެ މީހަކު ނިޔާވެއްޖެ
Raajje

އެމެޖެންސީގައި އައިޖީއެމްއެޗް އަށް ގެންދިޔަ 37 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް19 ޖެހިގެން 37 އަހަރުގެ ލަންކާ މީހަކު ނިޔާވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު 04:24 ހާއިރު ނިޔާވެފައިވަނީ އުމުރުން 37 އަހަރުގެ ލަންކާ ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެމަޖެންސީ ރެސްޕޮންސް (އީއާރު) ގައި ފަރުވާ ދެމުންދަނިކޮށެވެ. Today (04/06/21) at 04:24 am a 37-year-old Sri Lankan male brought to IGMH / ER was […]

ކޯވިޑް ބަލީގައި ބަނޑިދޫން މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި ބަނޑިދޫން މީހަކު ނިޔާވެއްޖެ

ދ. ބަނޑިދޫގައި ކޯވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މިއަދު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ކޯވިޑް ބަލީގައި ބަނޑިދޫން މީހަކު ނިޔާވީ މިއަދު ހެނދުނު 11:17 ގައިއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީ މި ބަލީގައި ރާއްޖެ އިން ނިޔާވި 175 ވަނަ މީހާ އެވެ. ކޯވިޑް ބަލީގައި މިއަދު ވަނީ އިތުރު ދެ މީހަކު ނިޔާވެފައެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 37 […]

މިޝްކާ ހޮސްޕިޓަލަށް ގެންދިއުން ލަސްވި މައްސަލަ އެޗް.އާރް.ސީ.އެމް އިން ވެސް ބަލަނީ
Raajje

މިޝްކާ ހޮސްޕިޓަލަށް ގެންދިއުން ލަސްވި މައްސަލަ އެޗް.އާރް.ސީ.އެމް އިން ވެސް ބަލަނީ

ކޮވިޑް ބަލީގައި ރޭ ނިޔާވި 10 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުން ލަސްވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްްސް (އެޗް.އާރް.ސީ.އެމް) އިން ވެސް ބަލަންފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީގެ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ހދ. ކުޅުދުއްފުށި/ ލާޖަހާގެ، ފާތިމަތު މިޝްކާ މުހައްމަދު ރޭ ނިޔާވީ، ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ ފަހުން އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށެވެ. އެޗް.އާރް.ސީ.އެމް އިން...

އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުންދިޔަ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
Raajje

އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުންދިޔަ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގެ އިމަޖެންސީ ރޫމަށް މިރޭ ގެންދިޔަ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިކުއްޖާ ވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. މިއާއި އެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 170 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވެސް ގިނައިން ނިޔާވަމުން އައިސްފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. މިއީ މި ބަލީގައި […]

ކޯވިޑް ބަލީގައި ހުޅުދުއްފާރު މީހަކު ބ. އަތޮޅު ހޮސްޕިޓަލުގައި ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި ހުޅުދުއްފާރު މީހަކު ބ. އަތޮޅު ހޮސްޕިޓަލުގައި ނިޔާވެއްޖެ

ކޯވިޑް ބަލީގައި ޒޯން “ބީ” ރީޖަނަލް ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ރ. ހުޅުދުއްފާރު މީހަކު ނިޔާވެއްޖެއެވެ. ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ޒޯން “ބީ” ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ރ. ހުޅުދުއްފާރަށް ނިސްބަތްވާ މީހަކު ނިޔާވެފައިވާ ކަމަށެވެ. އެއީ 87 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު ފަތިހު 04:40 ގައެވެ. މިއީ ކޯވިޑް ބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއެވެ. މިއަދު ދެން ނިޔާވީ […]

ކޯވިޑް ބަލީގައި އިތުރު ދެމީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި އިތުރު ދެމީހަކު ނިޔާވެއްޖެ

ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނެކެވެ. މި ދެ މީހުން ވެސް ނިޔާވެފައި ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައެވެ. މިބަލީގައި އިތުރު ދެ މީހަކު ނިޔާވުމުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 163 އަށް އަރާފައެވެ. އިއްޔެ ވެސް މިބަލީގައި ތިން މީހަކު ނިޔާވިއެވެ. މިބަލީގައި މިމަހު ނިޔާވި މީހުންގެ ޢަދަދަކީ 3 އެވެ. […]

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 161އަށް އަރައިފި
Raajje

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 161އަށް އަރައިފި

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 161 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅު ގޮތުގައި ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 161 ވަނަ މީހާ ނިޔާވީ މިއަދު މެންދުރުފަހު 3 ޖަހާއިރުއެވެ. އެމީހާއަކީ އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންދިޔަ އުމުރުން 58 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މިބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއެވެ. އަދި މިމަހު ނިޔާވި 89 ވަނަ މީހާއެވެ. ކޯވިޑް […]