ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު 77 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވީ މިއަދު ހަވީރު 04:30 ގައިއެވެ.

Ad
rt

އެއީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. މި މީހާއަކީ މި ބަލީގައި ރާއްޖެ އިން ނިޔާވި 177 ވަނަ މީހާ އެވެ.

ކޯވިޑް ބަލީގައި މިއަދު ވަނީ އިތުރު 2 މީހަކު ނިޔާވެފައެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 37 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެކެވެ. ދެން ނިޔާވެފައިވަނީި ދ. ބަނޑިދޫގައި ކޯވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކެވެ.

މިއާއިއެކު މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު މިވަނީ 16 އަށް އަރާފައެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހިގެން ފަރުވާދެމުން ދަނީ 22،375 މީހަކަށެވެ. މީގެ ތެރެއިން 213 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 43،959 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.