ކޯވިޑް ބަލީގައި 25 އަހަރުގެ އަންހެން ކުއްޖެއް ނިޔާވެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާގޮތިގައި މިއަދު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާ ހޯދަމުން ދިޔަ ފަރާތެކެވެ. މިޒުވާނާ މާލެ ގެނެސްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހާލު ދެރަވުމުން އިތުރު ފަރުވާ އަށެވެ. އެއިރު އެޒުވާނާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. ހާލު އިތުރަށް ގޯސްވާން ފެށުމުން ސިޒޭރިއަން ހެދުމަށްފަހު ދަރިފުޅު ވަނީ ނަގާފަ އެވެ.
މިއީ ފ. ނިލަންދޫ ޒުވާނެއްކަމަށް ޚަބަރު ލިބެއެވެ. މި މިޒުވާނާއާއި އެކު މިހާތަނަށް ރާއްޖޭގައި ކޮވިޑް19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 194 އަށް އަރާފައެވެ.
މީގެ އިތުރުން މިއަދު ހެނދުނު 09:55 ގައި އުމުރުން 84 އަހަރުގެ ދިވެހި އަންހެނެއްވެސް ވަނީ ނިޔާވެފަ އެވެ. މި މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.
އިއްޔެ ރާއްޖެއިން ޖުމްލަ 295 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 138 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހުންނެވެ. އަދި 146 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުންނެވެ. މިއާއެކު މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 13،071 އަށް އަރާފައެވެ. އަދި މިހާތަނަށް ރާއްޖޭގައި ކޮވިޑް19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 69،831 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!