ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 191 އަށް

Hulhumale medical facility

ކޯވިޑް ބަލީގައި މިއަދު މިހާތަނަށް ރާއްޖެއިން ދެ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި، މިއަދު މިހާތަނަށް ނިޔާވެފައި ވަނީ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އެއީ އުމުރުން 77 އަހަރުގެ މީހަކާއި 94 އަހަރުގެ މީހެކެވެ.

މި ދެ މީހުންނަކީ ވެސް ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެމީހުންނެވެ. 77 އަހަރުފެ މީހާ ނިޔާވީ ހެނދުނު 9:50 ގައެވެ. 94 އަހަރުގެ މީހާ ނިޔާވީ ހެނދުނު 10:31 ގައެވެ.

މިބަލީގައި ރާއްޖެއިން އިތުރު ދެ މީހުން ނިޔާވުމުން މިހާރު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި ޖުމްލަ މީހުންގެ އަދަދު މިވަނީ 191 އަށް އަރާފައެވެ.

މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 31 އެވެ. މި ބަލީގައި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހަކީ ވެސް މިދިޔަ މޭ މަހެވެ. އެމަހު 88 މީހަކު މިބަލީގައި ނިޔާވިއެވެ.

ރާއްޖެއިން އިއްޔެ މިބައްޔަށް ޕޮޒިޓިވްވީ 370 މީހެކެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 217 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 148 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 4 ވަނީ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭއިން މިހާތަނަށް 68،872 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 17،461 މީހުން ތިބިއިރު، މިހާތަނަށް 51،213 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 152 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި