ކޯވިޑް19 ޖެހިގެން 37 އަހަރުގެ ލަންކާ މީހަކު ނިޔާވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު 04:24 ހާއިރު ނިޔާވެފައިވަނީ އުމުރުން 37 އަހަރުގެ ލަންކާ ފިރިހެނެއް ކަމަށެވެ.
އެމީހާ ނިޔާވެފައިވަނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެމަޖެންސީ ރެސްޕޮންސް (އީއާރު) ގައި ފަރުވާ ދެމުންދަނިކޮށެވެ.
Today (04/06/21) at 04:24 am a 37-year-old Sri Lankan male brought to IGMH / ER was declared dead
This is the 176th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven
— Health Protection Agency (@HPA_MV) June 4, 2021
މިއީ ކޯވިޑްގައި ރާއްޖެއިން ނިޔާވި 176 ވަނަ ފަރާތެވެ.
ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހިގެން ފަރުވާދެމުން ދަނީ 22،375 މީހަކަށެވެ. މީގެ ތެރެއިން 213 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.
މި ބަލި ޖެހުނު މީހުންގެ ތެރެއިން 43،959 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!