ދ. ބަނޑިދޫގައި ކޯވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މިއަދު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ކޯވިޑް ބަލީގައި ބަނޑިދޫން މީހަކު ނިޔާވީ މިއަދު ހެނދުނު 11:17 ގައިއެވެ.

Ad
rt

އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީ މި ބަލީގައި ރާއްޖެ އިން ނިޔާވި 175 ވަނަ މީހާ އެވެ.

ކޯވިޑް ބަލީގައި މިއަދު ވަނީ އިތުރު ދެ މީހަކު ނިޔާވެފައެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 37 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެކެވެ.

މިއާއިއެކު މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު މިވަނީ 13 އަށް އަރާފައެވެ.

ރާއްޖޭއިން މިހާތަނށް 67،516 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 23،375 މީހުން ތިބިއިރު، މިހާތަނަށް 43،959 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 197 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.