ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 41 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
މިއާއު އެކު މިއަދު ރާއްޖެއިން ކޮވިޑްބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 3 ކަށް އަރާފަ އެވެ.
މީގެ ކުރިން މއިަދު ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކާއި މިއަދު ހެނދުނު ހަމަ އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 82 އަހަރުގެ އަންހެނެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު މިވަނީ 24 އަށް އަރާފަ އެެެވެ. އަދި ޖުމްލަ ނިޔާވި މީހުންގެ އަދަދު ވަނީ 185 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!