ޔުނެސްކޯގެ ސުނާމީ ރެޑީ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ވޯކްޝޮޕް ކުޅުދުއްފުށީގައި ފަށައިފި
ޔުނެސްކޯ-އައިއޯސީގެ ސުނާމީ ރެޑީ ރިކޮގްނިޝަން ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ‘ސުނާމީ ކޮމިއުނިޓީ ރެޑިނަސް’ ވޯކްޝޮޕް އިއްޔެ ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ. މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޢާއިޝަތު ޞަފޫރާ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު...