Skip to main content
Topic Archive

#ކުޅުދުއްފުށީ ސިޓީ ކައުންސިލް

372 Stories filed
ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖު ފަށައިފި
Thiladhunmathi News

ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖު ފަށައިފި

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ(އތމކ) ގުޅިގެން ކުރިއަށް ގެންދާ “ކުޅުދުއްފުށި ފުޓްސަލް ޗެލެންޖު 2026” އިއްޔެ ފަށައިފިއެވެ. ކުޅުދުއްފުށި ސިޓީކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޜަނަށެވެ. އެ ގޮތުން އަންހެން ޑިވިޜަންގެ 5 ޓީމު ވާދަކުރާނީ ލީގު އުޞޫލުން ކަމަށް ވާއިރު، ފިރިހެން ޑިވިޜަނުގައި ވާދަކުރާ 16 ޓީމުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖު އުސޫލުންނެވެ. މި […]

އީދެއްހާ ފޯރިގަދަ ކުޅުދުއްފުށީ ބޮޑުބާޒާރު ނިމުމަކަށް، 25،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި
Thiladhunmathi News

އީދެއްހާ ފޯރިގަދަ ކުޅުދުއްފުށީ ބޮޑުބާޒާރު ނިމުމަކަށް، 25،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި

ބޮޑުތިލަދުންމައްޗަށް އަމާޒުކޮށްގެން ބޭއްވި “ބޮޑުތިލަދުންމަތީ ބޮޑުބާޒާރު” އަދި އައިލެންޑް ކާނިވަލް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން 30 ސެޕްޓެމްބަރ 2026 އިން އޮކްޓޯބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގެ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައި ބޭއްވުނު ހަރަކާތެކެވެ. ކުޅުދުއްފުށީގެ އިޤްތިޞާދު ކުރިއެރުވުމަށާއި، އެ ސިޓީގައި ހިންގަމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ވިޔަފާރިތައް އެއްފަހަރާ ބޮޑު މާކެޓަކަށް އިޝްތިހާރުކުރުމ...

އިލެކްޓްރޯނިކް ލޮގްފޮތް ފުރަން ދަސްކޮށްދޭ ސެޝަނެއް: ކުޅުދުއްފުށީ މަސްވެރިންނަށް ދައުވަތު
Thiladhunmathi News

އިލެކްޓްރޯނިކް ލޮގްފޮތް ފުރަން ދަސްކޮށްދޭ ސެޝަނެއް: ކުޅުދުއްފުށީ މަސްވެރިންނަށް ދައުވަތު

ހދ. ކުޅުދުއްފުށި ސިޓީގައި ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ކެޔޮޅުންނާއި މަސްވެރިންނަށް، ‘ކެޔޮޅު އެޕް’ މެދުވެރިކޮށް އިލެކްޓްރޯނިކް ލޮގްފޮތް ފުރިހަމަކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަނެއް މިރޭ ބޭއްވުމަށް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ. މި ސެޝަނުގައި އެ ސިޓީގެ މަސްވެރިން ބައިވެރިވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މިހާރު ވަނީ ދައުވަތު ދީފައެވެ. މިއީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޚާއްސަ އޮންލައިން ސެޝަނެކެވެ. މި ސެޝަންގެ...

ކުދިންގެ އުނދަގޫ މިޒާޖުތައް މެނޭޖްކުރަން ދަސްކޮށްދޭ ޚާއްޞަ ސެޝަނެއް ކުޅުދުއްފުށީގައި؛ ރަޖިސްޓްރީވުން ހުޅުވާލައިފި
Thiladhunmathi News

ކުދިންގެ އުނދަގޫ މިޒާޖުތައް މެނޭޖްކުރަން ދަސްކޮށްދޭ ޚާއްޞަ ސެޝަނެއް ކުޅުދުއްފުށީގައި؛ ރަޖިސްޓްރީވުން ހުޅުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ މިޒާޖާއި އަޚްލާޤަށް އަންނަ ބަދަލުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ޚާއްޞަ ސެޝަނުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ސީ.އޭ.ޕީ.އެސް) ގުޅިގެން ކުރިއަށް ގެންދާ ސެޝަނެކެވެ. މި ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 14 އަދި 15 ވާ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ. މިއީ ބެލެނިވެރިންނާއި، ކުދިން ބަލަހައްޓާ ފަރާތްތަ...

ބޮޑުބާޒާރަށް ދާން އުތީމު ކައުންސިލުން ހިލޭ ދަތުރެއް؛ ފުރަތަމަ 100 މީހުންނަށް ޖާގަ
Thiladhunmathi News

ބޮޑުބާޒާރަށް ދާން އުތީމު ކައުންސިލުން ހިލޭ ދަތުރެއް؛ ފުރަތަމަ 100 މީހުންނަށް ޖާގަ

ބޮޑުތިލަދުންމަތީ ބޮޑުބާޒާރަށް ދިއުމަށް ހއ. އުތީމު ކައުންސިލުން ހިލޭ ދަތުރެއް ހަމަޖައްސައިފިއެވެ. ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބާއްވާ “ބޮޑުތިލަދުންމަތީ ބޮޑުބާޒާރު” އަށް ދާން ބޭނުންވާ އުތީމު ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އުތީމު ކައުންސިލުން ކުޅުދުއްފުށްޓަށް ޚާއްސަ ދަތުރެއް ހަމަޖައްސައިފިއެވެ. އުތީމު ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުގައި ބައިވެރިވެވޭނީ  ފުރަން ނިކުންނަ ފުރަތަމަ 100 މީހުންނަށެވެ. މި ދަތުރު ބޭއްވުމަށ...

އައިލެންޑް ކާނިވަލްގެ ހަރަކާތްތަކާއެކު ބޮޑުތިލަދުންމަތީ ބޮޑުބާޒާރު ކުުޅުދުއްފުށީގައި މިއަދު ފަށައިފި
Thiladhunmathi News

އައިލެންޑް ކާނިވަލްގެ ހަރަކާތްތަކާއެކު ބޮޑުތިލަދުންމަތީ ބޮޑުބާޒާރު ކުުޅުދުއްފުށީގައި މިއަދު ފަށައިފި

ބޮޑުތިލަދުންމަތީ ބޮޑުބާޒާރު، އައިލެންޑް ކާނިވަލްގެ ހަރަކާތްތައް ޚާއްސަ ރަސްމިއްޔާތަކާ އެކު ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތްތައް މިއަދުން ފެށިގެން އޮކްޓޯބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގެ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައި ކުރިއަށްދާނެއެވެ. މި ކުލަގަދަ ހަރަކާތަކީ މިހާތަނަށް އަތޮޅުތެރޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކާނިވަލެވެ. މި ބޮޑުބާޒާރު ކުރިއަށްދާނީ، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަ...

ބޮޑު ތިލަދުންމަތީ ބޮޑުބާޒާރާއި އައިލެންޑް ކާނިވަލް މިއަދު ފަށަނީ، ބޮޑު ތިލަދުންމައްޗަށް ދަޢުވަތު
Thiladhunmathi News

ބޮޑު ތިލަދުންމަތީ ބޮޑުބާޒާރާއި އައިލެންޑް ކާނިވަލް މިއަދު ފަށަނީ، ބޮޑު ތިލަދުންމައްޗަށް ދަޢުވަތު

ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ، ބޮޑުތިލަދުންމަތި ބޮޑުބާޒާރާއި އައިލެންޑް ކާރނިވަލްގެ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. މި ، ރަސްމިއްޔާތުގައި އެންމެހާ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަށް ސިޓީކައުންސިލުން ދަޢުވަތު އަރުވާފައިވެއެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރ 2026 ވާ މިއަދު ހަވީރު 16:15 ގައި ކުޅުދުއްފުށި ސިޓީ، ބީޗް ހޭންޑްބޯލް އެރީނާ ގައ...

ވިޔަފާރި ގުޅުމާއި ''ބޮޑު ބާޒާރު''ގެ ދައުވަތާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޮޑު ތިލަދުންމަތީގެ ރަށްތަކަށް
Thiladhunmathi News

ވިޔަފާރި ގުޅުމާއި ''ބޮޑު ބާޒާރު''ގެ ދައުވަތާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޮޑު ތިލަދުންމަތީގެ ރަށްތަކަށް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެ ސިޓީގައި ބާއްވާ ” ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު”ގެ ދަޢުވަތު ދެއްވުމަށް، ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އާތިފް ހިމެނޭހެން، ސިޓީ ކައުންސިލްގެ ޓީމެއް ބޮޑު ތިލަދުންމަތީގެ ރަށްރަށަށް ދަތުރެއް ފަށައިފިއެވެ. މި ދަތުރުގައި ކުޅުދުއްފުށި ސިޓީއާއި، ކައުންސިލްތަކާ ދެމެދު ވިޔަފާރި އާއި އިޤްތިޞާދީ ގޮތުން  ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންދަނީ، ވާހަކަ ދައްކައި މަޝްވަރާ ކުރައްވަމުންނެވެ. މީގެއިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެ...

ކުޅުދުއްފުށީގައި ތުތި ބޯވަދިލަމަސް ބޭނުމުގެ ތަމްރީނެއް، ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ތުތި ބޯވަދިލަމަސް ބޭނުމުގެ ތަމްރީނެއް، ބައިވެރިވާން ހުޅުވާލައިފި

ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ތުތި ބޯވަދިލަމަސް (ޑައިމަންޑް ބެކް ސްކުއިޑް) ބޭނުމުގެ ތަމްރީނު  ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން، ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، މާކ...

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ޚިދުމަތްތައް އަވަސްކޮށް ފެންވަރު މަތިކުރަން އަފީފާއެކު ޚާއްޞަ ތަމްރީނެއް
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ޚިދުމަތްތައް އަވަސްކޮށް ފެންވަރު މަތިކުރަން އަފީފާއެކު ޚާއްޞަ ތަމްރީނެއް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސީނިއަރ މެނޭޖްމަންޓް ޓީމާއި ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން ‘ސަރވިސް ލީޑަރޝިޕް’ ގެ ނަމުގައި ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މިއީ ރައްޔިތުންނަށް އެންމެ ފުރިހަމަ، އަވަސް އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދޭ އިދާރާއަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ސެޝަނެކެވެ. މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޚިދުމަތް ދިނުމުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމ...

'ޑްރީމިންގ ހައި': ސިޓީ ކައުންސިލާއި އުކުޅަހު ކައުންސިލްގެ މުވައްޒަފުންނަށް ކުޅުދުއްފުށީގައި އަގުހުރި ސެޝަނެއް
Thiladhunmathi News

'ޑްރީމިންގ ހައި': ސިޓީ ކައުންސިލާއި އުކުޅަހު ކައުންސިލްގެ މުވައްޒަފުންނަށް ކުޅުދުއްފުށީގައި އަގުހުރި ސެޝަނެއް

ކުޅުދުއްފުށި ސިޓީ ކައުންސިލަށް ތަޖުރިބާ ހާސިލުކުރުމުގެ ދަތުރެއްގައި އެ ރަށަށް ޒިޔާރަތްކުރި އއ. އުކުޅަހު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މޯޓިވޭޝަނަލް ސެޝަނެއް ކުޅުދުއްފުށީގައި ބާއްވައިފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މައިންޑްފީލްޑްސް އިންކް ގުޅިގެންނެވެ. މި ހަރަކާތް ކުރިއަށް ދިޔައީ ‘ޑްރީމިންގ ހައި ވިތު މުޙައްމަދު މިސްތޯޙް’ ގެ ނަމުގައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި ސެޝަންގައި މުޙ...

ކުޅުދުއްފުށީ ލިޓަރަރީ ސެލޫންގައި ޝަމީމް: އަޒުމާއި ހިތްވަރުގެ ފޮތް ''މޭން ވާސަސް އޯޝަން'' ގެ ރިވިއުއެއް
Thiladhunmathi News

ކުޅުދުއްފުށީ ލިޓަރަރީ ސެލޫންގައި ޝަމީމް: އަޒުމާއި ހިތްވަރުގެ ފޮތް ''މޭން ވާސަސް އޯޝަން'' ގެ ރިވިއުއެއް

ހދ. ކުޅުދުއްފުށީ ސިޓީގެ ޕަބްލިކް ލައިބްރަރީން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ލިޓަރަރީ ސެލޫން” ގެ 25 ވަނަ އެޕިސޯޑުގައި މަޝްހޫރު ޤާނޫނީ ވަކީލު އަދި އެތުލީޓު ހުސައިން ޝަމީމް ބައިވެރިވެވަޑައިގެން، އެ އެޕިސޯޑަށް ޚާއްސަ ފޮތުގެ ރިވިއު ހުށަހަޅުއްވައިދެއްވައިފިއެވެ. ހުސައިން ޝަމީމް ބައިވެރިވެވަޑައިގެންނެވި މި ސެޝަންގައި އަލިއަޅުވާލާފައި ވަނީ އެޑަމް ވޯކާ ލިޔުއްވާފައިވާ މަޝްހޫރު ފޮތް “މޭން ވާސަސް އޯޝަން” ގެ މައްޗަށެވެ. މި ޚާއްސަ އިވެންޓް ބާއްވާފައި ވަނީ 24 ސެޕްޓެމްބަރު 2026 ވާ ދުވަހުގެ […]

ކުޅުދުއްފުށީ ގައި އައިސްޕްލާންޓެއް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮއްފި
Raajje

ކުޅުދުއްފުށީ ގައި އައިސްޕްލާންޓެއް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮއްފި

ކުޅުދުއްފުށި ސިޓީގެ އުތުރު ބަނދަރު ސަރަޙައްދުގައި އައިސް ޕްލާންޓެއް ތަރައްޤީކޮށް، ހިންގުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބޮޑުތިލަ ސީފުޑް އިން ސޮއިކޮށްފިއެވެ. އެ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އައިސް ޕްލާންޓް އެޅުމަށް ދޫކޮށްފައިވަނީ 3334.68 އަކަފޫޓުގެ ބިމެކެވެ. މި ބިން 25 އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައިވަނީ މަހަކު 4,300 ރުފިޔާގެ މަހު ކުއްޔަށެވެ. މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ސޮއިކުރާ ތާރ...

ބޮޑުތިލަދުންމަތި ބޮޑު ބާޒާރު: 22 ސްޓޯލާއެކު އެއްބަސްވުމުގައި ސޮއިކޮށް، ގުރުއަތުލުން ބާއްވައިފި
Thiladhunmathi News

ބޮޑުތިލަދުންމަތި ބޮޑު ބާޒާރު: 22 ސްޓޯލާއެކު އެއްބަސްވުމުގައި ސޮއިކޮށް، ގުރުއަތުލުން ބާއްވައިފި

ހދ.ކުޅުދުއްފުށީ ސިޓީކައުންސިލުން ބާއްވާ “ބޮޑުތިލަދުންމަތި ބޮޑު ބާޒާރު”ގައި ސްޓޯލްތައް ބައިވެރިކުރާ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް، ސްޓޯލްތަކުގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ. އެ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ކުޅުދުއްފުށީ ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި، ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލި މި ފުރުޞަތުގައި، ޖުމްލަ 22 ފަރާތަކުން ވަނީ ސްޓޯލް ނަގާފައެވެ. އަދި ބައިވެރިވި މި 22 ސްޓޯލަކީ ވެސް ހަމައެކަނި ކުޅުދުއްފުށީ ސިޓީގައި ރަޖިސްޓްރީކޮށްފައިވާ...

ދުޅަހެޔޮ މަސައްކަތު މާހައުލެއް ބިނާކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް މުވައްޒަފުންނަށް ދިން ތަމްރީނު ނިންމާލައިފި
Thiladhunmathi News

ދުޅަހެޔޮ މަސައްކަތު މާހައުލެއް ބިނާކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް މުވައްޒަފުންނަށް ދިން ތަމްރީނު ނިންމާލައިފި

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ޚާއްޞަ ތަމްރީނު ޕްރޮގްރާމް، “ވަރކްޕްލޭސް ޕްރޮފެޝަނަލިޒަމް އެންޑް ވެލްނަސް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މުވައްޒަފުންގެ މެދުގައި ޕްރޮފެޝަނަލިޒަމް އަދި ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްޞަދުގައި މި ސެޕްޓެމްބަރ މަހުގެ 18 އިން 19 އަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމަކީ 2025 ވަނަ އަހަރު ކުރިއަށް ގެންދެވުނު މިފަދަ ޕްރޮގްރާމްގެ ދެވަނަ ބުރުކަމަށާއި، މި...