ކުޅުދުއްފުށީގައި 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފި
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިއަދު ކުޅުފުށީ ސިޓިގައި ހާއްސަ ހަރަކާތްތަކެއް ހިންގައި، އެ ހަރަކާތްތަކުގެ ތެރެއިން 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފިއެވެ. ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް އެސިޓީގައި ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެއްބާރުލުމާއިއެކު އެރަށުގެ މުއައްސަސާތައް ގުޅިގެންނެވެ. “ފިނިފެހި ސިޓީ” ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން އެ ސިޓީގެ އިރުމަތި ފަރާތު ހޭޅި އަދި ފުއްޓަރު ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށްގެންގޮ...