ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ރަށު ކޯވިޑް ޓާސްކް ފޯސްއިން ނިންމު ނިންމުގައި ހިމެނޭ މައިގަނޑު ބަދަލުތައް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ރަށްޔިތުންނަށް އިތުރަށް ސާފުކޮށްދެއްވައިފިއެވެ.
މޭޔަރު އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީގައި ކޯވިޑްގެ ފިޔަވަޅުތަކަށް ގެނެވުނު ބަދަލާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅުން އަރާގޮތަށް ބައެއް މައުލޫމާތު ދައުރުވަމުން ދާކަމަށެވެ.
އެހެންކަމުން އެ ގެނެއުނު ބަދަލުތައް ސާފުކޮށް ދެއްވަމުން މޭޔަރު ވިދާޅުވީ ޕޮޒިޓިވް ކޭސް އެއް ނުވަތަ ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީންވާން ޖެހޭ ފަރާތާއިއެކު މުޅި ގެ ކަރަންޓީން ކުރުމުގެ ބަދަލުގައި، ގޭގެ ކޮޓަރީގައި ވެސް ކަރަންޓީންވެވޭ ގޮތަށް ނިންމު ނިންމުމަކީ ގެނެސްފައިވާ އެއް ބަދަލެވެ.
މޭޔަރު އިތުރަށް ފާހަގަކުރެއްވި ކަންކަން:
- ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ފަރާތްތައް ހެނދުނު 9:00 - 11:00 އާއި ދެމެދު އުފަންހިޔާ ނުވަތަ ފްލޫކްލިނިކަށް އަދި ހަވީރު 16:00 - 19:00 އާ ދެމެދު ނަމަ ފުލޫ ކްލިނިކަށް ވަޑައިގަތުމުން ސާމްޕަލް ނަގާ ގޮތައް ގެނައި ބަދަލު، ( އެހެންނަމަވެސް ބަލިހާލަތު ހުރިގޮތުން ވަޑައިނުގެންނެވޭ ފަރާތްތަކުގެ ސާމްޕަލް ނެގުމަށް ގެޔަށް ޒިޔާރަތް ކުރާނެ)
- މޮނިޓަރިންގައި ރަށް އޮތްނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއިން އިރުޝާދު ދެއްވާ ގޮތަކަށް ސްކޫލްތަކުގެ ކިއެވުން ކުރިއަށް ގެންދިއުމަށް ޓާސްކްފޯސްގެ އިއުތިރާޒެއް ނެތްކަން
އާތިފް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު އާންމު ދިރިއުޅުމުގެ ކަންކަން ކުރިޔަށްގެންގޮސް، މި ބަލީގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން މުޅި މުޖުތަމައުއަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް ހުރިހާ ރައްޔިތުން އެކުގާ މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
އިއްޔެ ވެސް 49 ފަރާތެއް އެ ސިޓީން ޕޮޒިޓިވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 209 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!