ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އަންހެނުންގެ ސައްލާ" ސިލްސިލާގެ ފުރަތަމަ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތު ރޭގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، އަންހެނުންގެ ސައްލާ ފުރަތަމަ ހަރަކާތުގައި 30 ބައިވެރިއަކު ސެޝަންތައް ފުރިހަމަކޮށްފައިވާކަމަށެވެ.
ފުރަތަމަ ހަރަކާތުގައި އަންހެނުންނާއި ގުޅުންހުރި ޤާނޫނުތަކާބެހޭ މަޢުލޫމާތު، ގެވެށި އަނިޔާ އަދި ކުޑަކުދިން ރައްކާތެރިކުރުމާ ގުޅޭ ޤާނޫނުތަކުގެ މަޢުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފެސިލިޓޭޓަރުން މެދުވެރިކޮށް ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވިއެވެ.
އަންހެނުން ސައްލާގެ ފުރަތަމަ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިއަކަށް ޝަރަފްވެރިމެޚްމާން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދުﷲ ހަނދާނީ ލިޔުން ދެއްވަނީ، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
މި ހަރަކާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސިލްސިލާ ހަރަކާތެކެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުންގެ "އަންހެނުންގެ ސައްލާ" ހަރަކާތް ފަށައިފި
މި ހަރަކާތް ކުރިއަށް ގެންދާ މަޤްޞަދުތަކުގެ ތެރޭގައި މި ހަރަކާތް މެދުވެރިކޮށް އެ ސިޓީގެ އަންހެނުނަނަށް، އަންހެނުންނާއިގުޅޭ ޤާނޫނުތަކާއި، ކުޑަކުދިންނާގުޅޭ ގޮތުން ހެދިފައިހުރި ޤާނޫނުތަކުގެ މަޢުލޫމާތު ފޯރުދީ، އިޖުތިމާޢީ، އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުމަށް ބޭނުންވާ މަޢުލޫމާތު ވެސް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ސިޓީގެ ކަންކަން ނިންމުމުގައި އަންހެނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ ވެސް މި ހަރަކާތުގެ އެއް މަޤްޞަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!