Skip to main content
Topic Archive

#ކުރީގެ މިނިސްޓަރު އަލީ ވަހީދު

28 Stories filed
އަލީ ވަހީދަށް 72 ގަޑިއިރު، ހާޒިރު ނުވެއްޖެނަމަ އަސްހަދަށް ފިޔަވަޅު އަޅާނެ!
Raajje

އަލީ ވަހީދަށް 72 ގަޑިއިރު، ހާޒިރު ނުވެއްޖެނަމަ އަސްހަދަށް ފިޔަވަޅު އަޅާނެ!

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު ތެރޭ ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ. ބޭސްފަރުވާއަށް އަލީ ވަހީދު އަށް މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކޯޓުން ދިނީ އޭނާ އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަޑުބަރޭ […]

ދައުވާ ލިބޭ މީހާ ރާއްޖޭން ބޭރުގައި ހުއްޓާ އޯޑިއޯ، ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ނުބާއްވަން އަންގައިފި
Raajje

ދައުވާ ލިބޭ މީހާ ރާއްޖޭން ބޭރުގައި ހުއްޓާ އޯޑިއޯ، ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ނުބާއްވަން އަންގައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް އޯޑިއޯ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އަމުރުކޮށްފި އެވެ.  ސްޕްރީމް ކޯޓުން މިގޮތަށް އަންގާފައި ވަނީ، ޖިންސީ ގޯނާގެ 7 ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު ރައްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީޢަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިޢުނާފް ކުރުމުން މިއަދު ނެރުނު އަމުރެއްގައެވެ. އެ އަމުރުގައި ބުނެފައިވަނީ، އަލީ ވަޙީދުގެ މައް...

ކަޅުދަބަހެއްގެ ވާހަކަ ވިދާޅުވަމުން ޔާމީންގެ ދިފާއުގައި އަލީ ވަހީދު
Raajje

ކަޅުދަބަހެއްގެ ވާހަކަ ވިދާޅުވަމުން ޔާމީންގެ ދިފާއުގައި އަލީ ވަހީދު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ޖިންސީ ގޯނާގެ ތުހުމަތު ކުރެވި، މަގާމުން ވަކި ކޮށްފައި ވަނިކޮށް ޢަލީ ވަހީދު ވަނީ ރާއްޖެ ދޫކޮށް ފުރާ ވަޑައިގެންފައެވެ. އެއިރު އޭނާގެ މައްޗަށް ޝަރީޢަތް ހިންގަން ފަށާފައި އޮތް ނަމަވެސް އޭނާ ފުރާ ވަޑައިގަތީ ބޭސްފަރުވާއަށް ރާއްޖެއިން […]

އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނެވީ އޮޕަރޭޝަނަކަށް: ވަކީލުން
Raajje

އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނެވީ އޮޕަރޭޝަނަކަށް: ވަކީލުން

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނެވީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ކަމަށް އޭނާ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ.  އިނގިރޭސިވިލާތުގައި އޭނާ ހުންނަވާޓާ ގިނަ ދުވަސްތަކެއްވެ ވިސާ ހަމަވެފައިވާތީ އެ ގައުމުން ވަނީ  އަލީ ވަހީދު ހައްޔަރުކޮށްފައެވެ. އަލީ ވަހީދު ހައްޔަރުކޮށްފައި މިވަނީ ދިވެހި ފުލުހުން ވެސް އޭނާ އަނބުރާ ރާއްޖެ ގެނައުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވަނިކޮށެވެ.  އަލީ ވަހީދު ހައްޔަރުކުރުމުން އޭނާ އެގައުމުގެ ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަ...

އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކޮށްފި
Raajje

އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް ހައްޔަރު ކޮށްފިއެވެ. އަލީ ވަހީދު އިނގިރޭސި ވިލާތުން ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ލިބފައެއް ނުވެއެވެ. އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒުކުރުމަށް ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ފުލުހުން ވަނީ މިމަހ...

އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީ ހޯދަނީ
Raajje

އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީ ހޯދަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒުކުރުމަށް ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުަގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ އުފުލާ ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށްދާއިރު، އޭނާ ކޯޓަށް ހާޒިރުނުވެ އޮންލައިންކޮށް ބައިވެރިވާތީ އެކަމާ ދެކޮޅަށް ޕީޖީ އޮފީޙުން ވަނީ އެ މައްސަލަ...

އަލީގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
Raajje

އަލީގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ފުރައްސާރައިގެ ދައުވާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށް ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ. އެ ކޯޓުން މައްސަލަ ބޭރުކޮށްލާފައި ވަނީ މައްސަލަ ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް މިހިނދުގައި ނެތްކަމަށް ކަނޑައަޅާފައެވެ. އެ މައްސަލާގެ އަޑުއެހުމުގައި ޕީޖީ އޮފީހުން ވަނީ އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާ...

އަލީގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނުދިން
Raajje

އަލީގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނުދިން

ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން މެދުވެރިކޮށް ދައުލަތުން އެދުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި މިއަދު ހެނދުނު ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. މިނިންމުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު އޭނާގެ އަމިއްލަ […]

ފަރުވާއަށް ވަޑައިގަންނަވަން އަލީ ވަހީދަށް ދިން މުއްދަތު ހަމަވެއްޖެ
Raajje

ފަރުވާއަށް ވަޑައިގަންނަވަން އަލީ ވަހީދަށް ދިން މުއްދަތު ހަމަވެއްޖެ

ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ހަމަވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި...

އަލީ ވަހީދު ފުރުން: ''މިޔުޒިކުގެ މަސްތީ ކަނޑަކަށް ޣަރަޤު ކުރުވާފައި ބޫންލާފައި އެދިޔައީ'' 
Report

އަލީ ވަހީދު ފުރުން: ''މިޔުޒިކުގެ މަސްތީ ކަނޑަކަށް ޣަރަޤު ކުރުވާފައި ބޫންލާފައި އެދިޔައީ'' 

މިމަހުގެ ނުވަ ވަނަ ދުވަހުގެރޭ ބައެއް މީޑިއާތަކުން ތިލަކޮށްލި ޚަބަރަކީ ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރިކަމުގެ ޚަބަރެވެ. ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރެގެން، އެ މިނިސްޓްރީގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު...

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުން ކަންބޮޑުވުން ފާޅުކޮށްފި
Raajje

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުން ކަންބޮޑުވުން ފާޅުކޮށްފި

ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ބައެއް މަދަނީ ޖަމިއްޔާ ތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި، ފެމިލީ ލީގަލް ކްލިނިކާއި އަދި އިތުރު ދެ ޖަމިއްޔާއެއް ގުޅިގެން ރޭ ވަނީ ނޫސްބަޔާނެއް އާންމުކޮށްފަ އެވެ. އެ ނޫސްބަޔާނުގައި ބުނީ ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރެގެން، އެ މިނިސްޓްރީގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް...

އަލީ ވަހީދުގެ ޝަރީއަތް ފަށަން ތާވަލުކޮށްފި
Raajje

އަލީ ވަހީދުގެ ޝަރީއަތް ފަށަން ތާވަލުކޮށްފި

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ދައުވާތަކުގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ. ކްރިމިނަލް ކޯޓްގައި މި ދައުވާތަކުގެ ޝަރީއަތް ފެށުމަށް ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:30 ގައެވެ. އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލާފައެވެ. ޕީޖީ އޮފީހުން ހދ. ކުޅުދުއްފުށި ބަނދަރު، އަލީވަހީދުގެ މައްޗަށް ޖ...

ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދު ފުރުން މަނާކޮށްފި
Raajje

ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދު ފުރުން މަނާކޮށްފި

ކޯޓު އަމުރެއްގެ ދަށުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުން މަނާކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ނޫސްވެރިންނަށް މިކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނެފައިވަނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަލީ ވަހީދާއި ގުޅޭގޮތުން ފުލުހުން ބަލަމުން އަންނަނީ ޖިންސީ ގޯނާގެ މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ވަނީ އަލީ ވަހީދު ދިރިއުޅުއްވާ ގެ ވެސް ބަލައި ފާސްކޮށްފައެވެ. […]