Skip to main content
Topic Archive

#ކުރިނބީ ކައުންސިލް

23 Stories filed
ކުރިނބީގައި ކެންވާ ކޯހެއް ފަށައިފި
Thiladhunmathi News

ކުރިނބީގައި ކެންވާ ކޯހެއް ފަށައިފި

ކުރިނބީގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ކެންވާ ކޯހެއް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ޚާއްޞަ ކޯހެކެވެ. ކުރިނބީ ކައުންސިލުން ބުނި ގޮތުގައި، މި ކޯހަކީ އެ ކައުންސިލާއި، އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނެކެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ރަށުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށެވެ. އެ ރަށުގެ މުއައްސަސާތަކުން މި ކޯ...

ކުރިނބީއަށް ރީތިނަން ހޯދައިދިން ފަރާތްތަކުގެ އަގުވަޒަންކުރަނީ
Thiladhunmathi News

ކުރިނބީއަށް ރީތިނަން ހޯދައިދިން ފަރާތްތަކުގެ އަގުވަޒަންކުރަނީ

ހދ. ކުރިނބީއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް އެ ކައުންސިލުން މަސައްކަތް ފަށައިފިއެވެ. އެ ގޮތުން، ރަށަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ގޮތުގައި، އެ ރަށަށް ނިޞްބަތްވާ ޤައުމީ ފެންވަރުގެ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި، އަތޮޅު އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުން ވަނަތައް ޙާޞިލުކޮށްފައިވާ ފަރާތްތަކާއި، ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ޙާޞިލްކޮށްފައިވާ އެންމެހައި ފަރާތްތައް ހިމަނާފައިވެއެވެ. އެހެންކަމުން، އެ ކައުންސިލުން ވަނީ 1 ޖުލައި...

އުމުރުން ދުވަސްވީ ކުޅުންތެރިންގެ މެޗަކުން ކުރިނބީ ކައުންސިލް ކަޕް ފަށައިފި
Thiladhunmathi News

އުމުރުން ދުވަސްވީ ކުޅުންތެރިންގެ މެޗަކުން ކުރިނބީ ކައުންސިލް ކަޕް ފަށައިފި

ހދ. ކުރިނބީ ކައުންސިލުން އެރަށުގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކައުންސިލްކަޕް 2026 ފުޓްސަލް މުބާރާތް އިއްޔެ ފަށައިފިއެވެ. ކުރިނބީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތް ފެށުމުގެ ގޮތުން ވަނީ އުމުރުން ދުވަސްވީ މީހުން ހިމެނޭ އެރަށުގެ އުތުރު އަވަށާއި ދެކުނު އަވަށް ތަމްސީލުކުރާ ހާއްސަ ފުޓްސަލް މެޗް ކުޅެފައެވެ. މި މެޗުގައި އެރަށުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. ކުރިނބީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތުގައި […]

ކުރިނބީ ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް
Thiladhunmathi News

ކުރިނބީ ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް

ހދ. ކުރިނބީ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް ބާއްވައިފިއެވެ. މި ފުޓްސަލް ކޭމްޕަކީ ކުރިނބީ ކައުންސިލާއި، ފުލުހުން އަދި އ.ތ.މ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. ޖުލައި 2 ވަނަ ދުވަހު ފަށައި ހަވީރާއި ރޭގަނޑުގެ ސެޝަންތަކާއެކު ކުރިއަށް ގެންދިޔަ މި ކޭމްޕް ނިންމައި ލީޑިންގ ކޯޗް ރިޟާ އަދި ފުލުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމާއި، ބައިވެރިންގެ ފަރާތުން ހަދިޔާ ހަވާލުކުރުމަށް އިއްޔެ ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ. ކުރިނބީ ކައުންސިލުން ވަނީ […]

ކުރިނބީގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ޤާއިމުކުރާ ބިން ސާފުކޮށް ނިންމާލައިފި
Thiladhunmathi News

ކުރިނބީގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ޤާއިމުކުރާ ބިން ސާފުކޮށް ނިންމާލައިފި

ހދ. ކުރިނބީގައި ސަރުކާރުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫޢަކީ ސަރުކާރުން ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކުރިނބީ ކައުންސިލުން ބުނެފައިވާގޮތުގައި، މި މަސައްކަތުގެ ތެރެއިން ވޭސްޓް މެނޭޖްމަންޓް ސެންޓަރު އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި، ކޮންމެހެން ކަނޑަންޖެހޭ ނިކަގަސް ވެސް ވަނީ ކަނޑާލާފައެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައިމޯލްޑިވްސް ޓ...

ކުރިނބީގައި މަދިރިން ރައްކާތެރިވުމަށް ހާއްސަ ހަރަކާތެއް
Thiladhunmathi News

ކުރިނބީގައި މަދިރިން ރައްކާތެރިވުމަށް ހާއްސަ ހަރަކާތެއް

ހދ. ކުރިނބީގައި މަދިރިން ރައްކާތެރިވުމަށްޓަކައި އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުން އިސްނަގައިގެން ހާއްސަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ކުރިނބީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތަކީ އެ ކައުންސިލާއި ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ހުކުރު ދުވަހުގެ ހެނދުނު 06:30 އިން 09:00 އަށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރަށުގައި މަދިރި އުފެދޭނެ ފަދަ ތަންތަން ނައްތާލައި، ބަލިތަކުން ރައްކާތެރިވުމެވެ. މި މަސައްކަތުގެ ތެރެއިން ރަށުގެ...

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި
Thiladhunmathi News

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި

ތިލަދުންމަތީ ދެކުނުބުރީ (ހދ.) ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ކުރިނބީ ކައުންސިލުން ބުނިގޮތުގައި ރަސްމީކޮށް މިއޮފީސް އިމާރާތް ހުޅުއްވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް އާއި ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް އެވެ. ކުރިނބީ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއަކީ އެލްޖީއޭގެ ޕީއެސް.އައިޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެވ...

ބޮޑު ދެޕާޓީ ބަލިކޮށް، ކުރިނބީ ރައީސްކަން މިނިވަން ކެނޑިޑޭޓް ވިޝާމް ކާމިޔާބުކޮށްފި
Raajje

ބޮޑު ދެޕާޓީ ބަލިކޮށް، ކުރިނބީ ރައީސްކަން މިނިވަން ކެނޑިޑޭޓް ވިޝާމް ކާމިޔާބުކޮށްފި

ހދ. ކުރިނބީ ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީއެންސީ އާއި އެމްޑީޕީގެ ކެނޑިޑޭޓުން ބަލިކޮށް، މިނިވަން ކެނޑިޑޭޓް ޢަލީ ވިޝާމް އެ ގޮނޑި ކާމިޔާބުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، ޢަލީ ވިޝާމް، ސޫރަޖް، އިންތިޚާބު ކާމިޔާބުކުރީ ޖުމްލަ 234 ވޯޓާއެކުގައެވެ. މިއީ ސައްހަ ވޯޓުގެ 47.56 އިންސައްތައެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ސިޔާހަށް ލިބުނީ […]

ކުރިނބީގައި ލައިސެންސް ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުރިނބީގައި ލައިސެންސް ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ކުރިނބީގައި ލައިސެންސް ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާންކޮށްފިއެވެ. މިކަމަށް ހުޅުވާލައި ކުރިނބީ ކައުންސިލުން ކުރި ޢިއުލާންގައި މި ސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ބިޑްގައި ރަޖިސްޓަރީ ވާންޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށެވެ. އޮންލައިން ފޯމު މެދުވެރިކޮށް، ލިންކް: https://forms.gle/inrexguGoe3abrgU6 މި ބީލަމުގައި ރަޖިސްޓަރީވުމ...

އަންނަ މަހު ކުރިނބީގައި ޕޮލިސް ޕޯސްޓެއް ހުޅުވަނީ
Thiladhunmathi News

އަންނަ މަހު ކުރިނބީގައި ޕޮލިސް ޕޯސްޓެއް ހުޅުވަނީ

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީގައި އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ޕޮލިސް ޕޯސްޓެއް ހުޅުވައި، އެ ރަށުގައި ރަސްމީކޮށް ފުލުހުންގެ ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މި ޕޯސްޓްގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައި އެ ރަށު ކައުންސިލާއި ބައްދަލުކުރެއްވުމަށް ހދ.އަތޮޅުގެ ޕޮލިސް ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސައީދު ވަނީ އިއްޔެ އެ ރަށަށް ޒިޔާރަތް ކުރައްވާފައެވެ. ކުރިނބީގައި ޕޮލިސް ޕޯސްޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މި...

ކުރިނބިން ފަލަސްތީން ފަންޑަށް ބޮޑު އަދަދެއް
Thiladhunmathi News

ކުރިނބިން ފަލަސްތީން ފަންޑަށް ބޮޑު އަދަދެއް

އެހީހޯދުމަށް ހިންގޭ ތަފާތު ހަރަކާތްތަކުގައި އެންމެ އާދަޔާ ހިލާފް ނަތީޖާއެއް ފެންނަ އެއް ރަށަކީ ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއެވެ. އެ އަތޮޅުގައި އެންމެ ކުޑަ އާބާދީ އޮތް ރަށްތަކުގެ ތެރޭ ހިމެނޭ ކުރިނބީގެ ޖުމްލަ އާބާދީއަކީ 764 މީހުންނެވެ. ނަމަވެސް އިޒުރޭލު ސިފައިން މީގެ މަހެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ރަށުގައި ބޭއްވި […]

ކުރިނބީ ބަނދަރަށް އަޑިއަށް ދިޔަ ނެއްލައިދޫ ދޯނި ނަގައިފި
Thiladhunmathi News

ކުރިނބީ ބަނދަރަށް އަޑިއަށް ދިޔަ ނެއްލައިދޫ ދޯނި ނަގައިފި

ހދ. ކުރިނބީ ބަދަރަށް އަޑިއަށް ދިޔަ އެ އަތޮޅު ނެއްލައިދޫ ދޯނި ނަގައިފިއެވެ. މި ދޯނި އަޑިއަށް ދިޔައީ މިއަދުއެވެ. މި ހާދިސާ އާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލުގެ ނައިބު ރައީސް އަހްމަދު ސިޔާހު ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ކައުންސިލަށް ލިބުނީ މިއަދު ހެނދުނު ކަމަށާއި އެވަގުތު އޭނާ ހުންނެވީ އޮފީހުގައި ކަމަށެވެ. އަދި އާންމު ރައްޔިތަކު ކައުންސިލަށް ގުޅައިފާ އެ ޚަބަރު ދިނުމުން ވަގުތުން އެ ސަރަހައްދަށް ގޮސް […]

ކުރިނބީ ޔޫތު މޫވްމެންޓުން އެރަށު ހުކުރު މިސްކިތުގައި ނެވިލޯން އަޅަން ފަށައިފި
Thiladhunmathi News

ކުރިނބީ ޔޫތު މޫވްމެންޓުން އެރަށު ހުކުރު މިސްކިތުގައި ނެވިލޯން އަޅަން ފަށައިފި

ހދ. ކުރިނބީ މަސްޖިދު އީސާ ކަލޭފާނު (ހުކުރު މިސްކިތް) ގައި ނެވިލޯން އަޅަން ފަށައިފިއެވެ. މި މަސައްކަތް ކުރަމުން ދަނީ އެރަށު ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތް މޫވްމެންޓްގެ އިސްނެގުމާއެކު ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުއެވެ. މިކަމާއި ގުޅިގެން ކުރިނބީ ޔޫތް މޫވްމެންޓުގެ ރައީސް އާދަމް ޝަޒީމް ‘ތިލަދުން’ އަށް ވިދާޅުވީ މި މަސައްކަތް ކުރަނީ މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުޅުވައިލި ފަންޑަށް ލިބުނު ފައިސާ އިން ކަމަށެވެ. އަދި މިއީ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީން ނިންމައިގެން […]

ކުރިނބީގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވަނީ މިސަރުކާރުން: ކައުންސިލް
Thiladhunmathi News

ކުރިނބީގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވަނީ މިސަރުކާރުން: ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލުކުރެއްވުމުގައި ކުރިނބީ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުން ވަނީ ކުރިނބީގެ ތަރައްޤީއަށް މިހާރު ހިންގެމުންދާ މަޝްރޫޢުތަކާއި އަދި ރައްޔިތުންނަށް ބޭނުންވެފައި...

ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ކުރިނބީގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ކުރިނބި ކައުންސިލާއި އެކު ސޮއި ކޮށްފައިވަނީ ހާވިލާ ކާޕެންޓްރީއެވެ. މިއެއްބަސްވުމުގައި ހާވިލާގެ ފަރާތުން ސޮއި ކޮށްފައިވަނީ އެކުންފުނީގެ ވެރިޔާ މުޙައްމަދު ސަލީމްއެވެ. ކުރިނބި ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހްއެވެ. ކުރިނބި ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކައުންސިލްގެ ބަޖެޓްއިން ހޭދަ...