ހދ. ކުރިނބީގައި ސަރުކާރުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫޢަކީ ސަރުކާރުން ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކުރިނބީ ކައުންސިލުން ބުނެފައިވާގޮތުގައި، މި މަސައްކަތުގެ ތެރެއިން ވޭސްޓް މެނޭޖްމަންޓް ސެންޓަރު އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި، ކޮންމެހެން ކަނޑަންޖެހޭ ނިކަގަސް ވެސް ވަނީ ކަނޑާލާފައެވެ.
މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައިމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ސަރުކާރުގެ ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށްވެސް ކައުންސިލުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!