ހދ. ކުރިނބީގައި ލައިސެންސް ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާންކޮށްފިއެވެ.
މިކަމަށް ހުޅުވާލައި ކުރިނބީ ކައުންސިލުން ކުރި ޢިއުލާންގައި މި ސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި ބިޑްގައި ރަޖިސްޓަރީ ވާންޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށެވެ.
އޮންލައިން ފޯމު މެދުވެރިކޮށް، ލިންކް: https://forms.gle/inrexguGoe3abrgU6
މި ބީލަމުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ދީފައި ވަނީ 24 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.
މި ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 25 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ.
މި ބީލަމަށް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!