ހދ. ކުރިނބީގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ކުރިނބި ކައުންސިލާއި އެކު ސޮއި ކޮށްފައިވަނީ ހާވިލާ ކާޕެންޓްރީއެވެ.
މިއެއްބަސްވުމުގައި ހާވިލާގެ ފަރާތުން ސޮއި ކޮށްފައިވަނީ އެކުންފުނީގެ ވެރިޔާ މުޙައްމަދު ސަލީމްއެވެ. ކުރިނބި ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހްއެވެ.
ކުރިނބި ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހް "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކައުންސިލްގެ ބަޖެޓްއިން ހޭދަކޮށްގެން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށެވެ.
ސިޔާހް ވިދާޅުވީ މިފަދަ މަސައްކަތެއް ކުރުމުގެ މައިގަނޑު މަގުސަދަކީ އެރަށުގައި ކުޑަކުދިން ނިކުމެ ކުޅެލާ އުޅޭނެ ހިތްފަސޭހަ މާހައުލެއްް ޤާއިމް ކުރެވިފައި ނެތުމުން ކުޑަކުދިންނަށް އެފުރުސަތު ހޯދާދިނުން ކަމަށެވެ. އަދި މީގެ އިތުރުންވެސް ކުރިމަގުގައި ރަށުގެ އެކި ސަރަހައްދުތަކެއްގައި މިފަދަ ޕާކްތަކާއި ހިތްފަސޭހަ މައިޒާންތައް ޤާއިމް ކުރުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައި މިވަނީ -/224750 ( ދެ ލައްކަ ސައްވީސް ހާސް ހަތް ސަތޭކަ ފަންސާސް ރުފިޔާ) އަށް 58 އަށް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މީގެ އިތުރަށް މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް 10 ދުވަހުގެ މުއްދަތެއް ކައުންސިލުން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!