ޒުވާނުން ބާރުވެރިކުރަން ގިނަ ކަންތައްތަކާއެކު އެމްޑީޕީގެ ސިޔާސަތު ލޯންޗުކޮށްފި
ޒުވާނުން ބާރުވެރިކުރަން ގިނަ ކަންތައްތަކާއެކު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސަތު ލޯންޗުކޮށްފިއެވެ. މިސިޔާސަތު ލޯންޗުކޮށްދެއްވީ “އާ ޒުވާނުންގެ ޖީލު” ގެ ނަމުގައި ނ. ވެލިދޫގައި ރޭ ބޭއްވި ރައީސް ސާލިހުގެ ކެމްޕޭން ޖަލްސާގައެވެ. މި ސިޔާސަތުގައި ޒުވާނުންނާ ގުޅޭ ޖުމްލަ އަށް ކަމަކަށް އިސްކަން ދީފައިވާިއރު، އެމްޕަވާޑް ޒުވާނުން، ޒުވާނުންގެ ބޯހިޔާވަހިކަން، ޒުވާނުންނަށް ހެލްތު އެންޑް ވެލް ބީން ވަނީ ހިމަނާފައެވެ. އަދި ޒުވާނުންނާއި ޓެކްނޮލޮޖީ، ސްކިލްޑް ޒުވާނުން، ޒުވާން އެންޓަޕްރޮނާ،...