މުސާރަ ބޮޑުކުރުމަށް ކޮމެޓީން ނިންމި ނިންމުން ތަޅުމުން ފާސްނުކުރުމަށް ނާޒިމް ގޮވައިލައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތުކޮމެޓީން ނިންމާފައިވާ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގޮވައިލައްވައިފިއެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހަކު މުސާރައަށް މަހަކު 17،500ރ. އިތުރުކޮށް މަހު މުސާރައިގެ ގޮތުގައި 80،000ރ ލިބޭގޮތައް މުސާރަ ބޮޑުކުރަން ފާސްކޮށްފައެވެ....