މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި މާލެ ސަރަހައްދަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައި އެކަމުގެ މައުލޫމާތު ހާމަކޮށްފިއެވެ.

"އުޖާލާ ޒަމާން" ޖަލްސާގައި ރޭ ވަނީ އެ ޕާޓީގެ ވެރިކަމެއްގައި މާލެ ސަރަހައްދުގައި ހިންގަން ނިންމާފައިވާ ބިޔަ 16 މަޝްރޫއެއްގެ މައުލޫމާތު ހިއްސާކޮށްފައެވެ.

Ad
rt

އެގޮތުން ދަރުބާރުގެ ހުރި ކޮށްޓަށް ގެންނަ ބިޔަ މަޝްރޫއަކީ ކޮންވެންޝަން ޓޫރިޒަމް ޕްރޮޖެކްޓެކެވެ. މީގެ ދަށުން 25 ބުރީގެ ދެ އިމާރާތް ހަދައި، އެ ތަން ތަރައްގީކުރާއިރު، ކޮންވެންޝަން ފްލޯސް، ޝޮޕިން މޯލް، ސިޓީ ހޮޓެލް، ޕާކިން ބިލްޑިންގް އަދި އޮވާލެޕް ބްރިޖް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މިތަނުން 100 ވިޔަފާރީގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމާފައިވާއިރު، 20 ޒުވާނަކަށް ވިޔަފާރިވެރިން އަދި 10 އަންހެން ވިޔަފާރިވެރިންނަށް ފުރުސަތު ދިނުމަށް ނިންމާފައި ވެއެވެ.

މީގެ އިތުރުން ނާޒިމްގެ ޕްލޭން ގައި މިހާރުގެ ކޮމާޝަލް ހާބަރު ހުރި ސަރަހައްދަށް ވެސް މަޝްރުއުތަކެއް ރާވާފައިވެއެވެ. އެއީ ފެރީ އެރައިވެލް އަދި ޑިޕާޗާ ހާބަ ޕްރޮޖެކްޓެވެ. އެ ޕްރޮޖްކެޓްގައި ޓާމިނަލްތަކާއި އޮވަލެޕް ބްރިޖް ކަނެކްޝަންރަކާއި އެލެވޭޓާސް އަދި އެސްކަލޭޓާސްތައް ގާއިމްކުރާނެ ކަމަށް ޕްލޭންގައި ވެއެވެ.

ހަމަމިއާއެކު މާލޭގެ ބާޒާރު މަތީގައި ހުންނަ އަތޮޅު ފިހާރަތައް ހިމެނޭ ސަރަހައްދަށް ކަނޑައަޅާފައިވާ ޝޮޕިން ސެންޓަ ޕްރޮޖްކްޓުގައި ޕާކިން ފްލޯސް، ހައިޕަ މާކެޓް ފްލޯސް، ސިނަމާ، ފުޑް ކޯޓްސް އަދި އޮވަލެޕް ބްރިޖް ކަނެކްޝަނާއި އެލަވޭޓާސް، އެސްކަލޭޓާސް ހިމަނާފައި ވެއެވެ.

އެމްއެންޕީގެ ވެރިކަމެއްގައި މެޑިކަލް ޓޫރިޒަމް އަށް މަޝްރޫއެއް ހިމަނާފައިވާއިރު، އެ މަޝްރޫއުގައި އާ ހޮސްޕިޓަލަކާއި ބަލިމީހުންނަށް ހާއްސަ އިމާރާތަކާއި ހޮޓެލްރޫމްސް އިމާރާތެއް ގާއިމް ކުރާއިރު، އެއާ އެމްބިއުލާންސް ހިދުމަތް ފެށުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ހަޔާ އެޑިއުކޭޝަން ޓޫރިޒަމް ތައާރަފްކޮށް، ޕްރޮޖެކްޓެއް ހިންގުމަށް ރާވާފައިވާއިރު، މި މަޝްރޫއުގެ ދަށުން ބޭރުގެ ޔުނިވާސިޓީތައް ރާއްޖެ އަށް ތައާރަފު ކުރުމާއި ދަނާލުތައް އިމާރާތް ކުރުމާއި ބޭރުގެ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ރާއްޖެއިން ހަމަޖައްސައިދިނުމަށް ނިންމާފައި ވެއެވެ.