ބިލެތްފަހީގައި ކުރިޔަށް ގެންދިޔަ ހޭންޑްބޯލް ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފި
ށ. ބިލެތްފަހީގައި ކުރިޔަށް ގެންދިޔަ، ހޭންޑްބޯލް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ބިލެތްފަހީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 42 ފަރާތަކުން ބައިވެރިވެފައިވެއެވެ. ބިލެތްފަހީ ރައީސް ޙުސައިން ފުއާދު “ތިލަދުން”އަށް މައުލޫމާތު ދެއްވި ގޮތުގައި، ހޭންޑްބޯލް ކޯޗެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ޕްރޮގ...