ށ. ބިލެތްފަހީގައި އަތޮޅު ފެންވަރުގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ކުރިއަށް އެބަދެއެވެ.

ށ. އަތޮޅު ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ދިރުވައި އާލާކޮށް އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤުސަދުގައި ބިލެތްފަހީގައި އަތޮޅު ފެންވަރުގައި މިއަހަރު ޤައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖެހުނީ ށ. އަތޮޅު ކައުންސިލުން ޤައުމީ ދުވަސް ފާހަގަކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ބީލަން ބިލެތްފަހީ ކައުންސިލުން ކާމިޔާބުކޮށްގެންނެވެ.

Ad
rt
ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ވަޑައިގެންނެވި ޝަރަފުވެރި މެހެމާނުންނަށް މަރުޙަބާ ދެންނެވުން، ފޮޓޯ: ބިލެތްފަހީ ކައުންސިލް

މި އޮގަސްޓް މަހު 29 އިން 30 އަށް ދެ ދުވަހަށް ހަރަކާތްތައް ބަހާލައިގެން، ދިވެހީންގެ ސަޤާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމަށް ޝައުޤު އިތުރުކުރުމަކީވެސް އަތޮޅު ފެންވަރުގައި މިއަހަރު ޤައުމީ ދުވަސް ފާހަގަކުރުމުގެ މަޤުސަދެކެވެ.

ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ވަޑައިގެންނެވި ޝަރަފުވެރި މެހެމާނުންނަށް މަރުޙަބާ ދެންނެވުން، ފޮޓޯ: ބިލެތްފަހީ ކައުންސިލް

އެގޮތުން ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ށ. އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި މުއައްސަސާތަކުގެ އިސްވެރިންވަނީ ލިބުނު ދައުވަތުގައި ބިލެތްފައްސަށް ވަޑައިގަނެފައެވެ. އަދި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުވަހުގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އާދަމް ޝަރީފަށް ވަނީ ބިލެތްފަހިން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވުން، ފޮޓޯ: ބިލެތްފަހީ ކައުންސިލް

މީގެ އިތުރުން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވެސް ވަނީ މި ދުވަހުގެ މުނާސަބަތުގައި ބިލެތްފައްސަށް ވަޑައިގެންފައެވެ.

ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުުގެ ތެރެއިން ދުވަހުގެ ހާއްސަ ހަވީރު ފަށާފައިވަނީ ޤައުމީ ކުލަތަކުން މިއަދު ހަވީރު ބިލެތްފަހީ ބަނދަރު ސަރަހައްދުގައެވެ. ޤައުމިއްޔަތު ދައްކުވައިދޭ ހާއްސަ ހަވީރަކަށް ފަހު ދިވެހި ސަޤާފީ އައިޓެމް ތަކާއެކު ދުވަހާ ގުޅޭ ހާއްސަ ޖާފަތެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވުން، ފޮޓޯ: ބިލެތްފަހީ ކައުންސިލް

މި ހަރަކާތްތަކުގެ އިތުރުން ޤައުމީ ދުވަހުގެ މުނާސަބަތުގައި ދުވަހާ ގުޅޭ ރަސްމީ ޖަލްސާ ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ބިލެތްފަހީ ސްކޫލު ހޯލުގައެވެ. ޖަލްސާގެ ތެރެއިން ޝަރަފުގައި ފަރާތްތަކަށް އެވޯޑު ދީ އަތޮޅު ތެރޭގެ އެންމެ ހިންގުންތެރި ކޮމިޓީތަކުގެ އަގުވަޒަންކުރުން ފަދަ ކަންކަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ބިލެތްފަހި ތައްޔާރުވެފައި، ފޮޓޯ: ބިލެތްފަހީ ކައުންސިލް

ބިލެތްފަހީގައި ޤައުމީ ދުވަސް ފުރިހަމަކާއި ކުލަގަދަކޮށް ފާހަގަކުރުމުގެ ތެރެއިން ރަށުން ވަނީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ފެނިފައެވެ. އެގޮތުން ރަށުގެ ކުދި ބޮޑު އެންމެން ވަނީ ރަށުތެރެ ޤައުމީ ދުވަހަށް ތައްޔާރުކުރުމަށް މުއައްސަސާތަކުގެ އެހީތެރިކަމާއެކު އެކި އެކި ގޮތްގޮތުން އެހީތެރިވެދީފައެވެ.