ށ. ބިލެތްފަހީ ގައި ފުޓްސަލްދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
އެރަށުގައި ތަރައްގީ ކުރަން ނިންމާފައި ވަނީ އޭ ގްރޭޑްގެ ފުޓްސަލް ދަނޑެކެވެ.
މި ދަނޑު އަޅައިދޭނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާންކޮށްފައި ވަނީ އެ ކައުންސިލުން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށެވެ.
މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް، މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ، މަޢުލޫމާތު ސެޝަން 13 ފެބުރުއަރީ 2022 ވާ (އާދިއްތަ) ދުވަހުގެ 13:00 ގައި، ބިލެތްފަހީ ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ސެޝަންގައި މަސައްކަތާއި ގުޅޭ ތަފްސީލީ މަޢުލޫމާތު ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 01 ފެބުރުއަރީ 2022 އިން 07 ފެބުރުއަރީ 2022 ގެ 13:00 އާއިދެމެދު އެ އިދާރާއަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް ރަޖިސްޓަރީވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް އަންދާސީ ހިސާބުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް ކުރުމަށް ހަމަޖެހިފައިވާއިރު، މި ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 07 ފެބުރުއަރީ 2022 ވާ (ހޯމަ) ދުވަހުގެ 12:00 ގެ ކުރިން info@bilehfahi.gov.mv އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540047 ނުވަތަ 7904032 ނަމްބަރާއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ އިތުރުން މި މަސައްކަތަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ރަސްމީ ކޮންމެ ދުވަހަކު ބިލެއްފަހީ ކައުންސިލުން ލިބެން ހުންނާނެއެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން 21 ފެބުރުވަރީ 2022 ވާ (ހޯމަ) ދުވަހުގެ 13:00 ގައި ބިލެތްފަހީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބާއި އީމެއިލް މެދުވެރިކޮށް ފޮނުއްވާ އަންދާސީ ހިސާބުގެ އިތުރުން މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަތުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!