ށ. ބިލެތްފަހީގެ ފަތުރުވެރިކަމުގެ މުސްތަގުބަލާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ބައްދަލުވުމަކީ ބިލެތްފަހީ ކައުންސިލުގެ ފަރާތުން ފަތުރުވެރިކަމުގެ ދާއިރާގެ ޚާއްޞަ ތަޖުރިބާކާރު މާހިރެއްކަމަށްވާ ޢަބުދުﷲ އާއިއެކު ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ.

Ad
rt

މިގޮތުން އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމާއި ގުޅޭ ގޮތުން ބިލެތްފަހީ ކައުންސިލުން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ބައްދަލުވުމަކީ ވަރަށް ފުދުންތެރި އަދި ފައިދާ ހުރި ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގައި ބިލެތްފަހީގެ މަޤުބޫލުކަން އިތުރުކުރުމަށް މަޝްވަރާ ކުރެވުނުކަމަށެވެ.

މީގެ އިތުރުން ބިލެތްފަހީގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށްޓަކައި އައު އުުޅުތަކާއި ވިސްނުންތައް ފުންކޮށް ދިރާސާކޮށް، މަޝްވަރާކުރެވުނު ކަމަށްވެސް ބިލެތްފަހީ ކައުންސިލުން ބުނެފައިވެއެވެ.

ބިލެތްފައްސަކީ އެ ރަށުގެ ރީތި ސާފު މޫދާއި ދޮންވެލި ތުނޑިއަށް މަޝްހޫރު ރަށެކެވެ. އެ ރަށުގެ ގުދުރަތީ ރީތިކަމަން ބަލާލަން ފަތުރުވެރިން ޒިޔާރާތްކުރާއިރު، އެ ރަށުގައި ފަތުރުވެރިކަމުގެ ސިނާޔަތް ފުޅާކޮށް ކުރިއެރުވުމަކީ އެ ރަށުގެ އިޤުތިޞާދަށްވެސް މަންފާ ކުރާނެ ކަމެއްކަން ފާހަގަކޮށްލެވެއެވެ.