ށ. އަތޮޅު ފެންވަރުގައި އެ އަތޮޅު ބިލެތްފަހީގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް މިއަދު ނިމުމަކަށް އައިސްފައިވާއިރު، ބިލެތްފަހިން ވަނީ މި ދުވަހަށް ވަރަށް ރަނގަޅަށް ތައްޔާރުވެ، އިންތިޒާމްތައް ހަމަޖައްސާފައެވެ. ބިލެތްފަހީގައި ފާހަގަކުރި މި ދުވަހުގެ ހަރކާތްތައް ކާމިޔާބުކަމާއެކު ނިންމާލެވުމުގެ ސިއްރަކީ ވެސް އެޔެވެ.

29 އޯގަސްޓް އިން 30 އޯގަސްޓް އަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ޝަރަފްވެރިންގެ ގޮތުގައި ބިލެތްފައްސަށް ވަޑައިގަތީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރާއި، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާއެވެ.

Ad
rt

މި ހަރަކާތްތަކަށް ށ.އަތޮޅު ރަށްރަށުގެ ރައީސުންނާއި، ބައެއް ކައުންސިލަރުންނާއި ބައެއް އަންހެނުންކޮމެޓީތަކުގެ މެމްބަރުން އަދި އަތޮޅުގެ ކަމުވޮށިގެންވާ ފަރާތްތައް ވަނީ ބިލެއްފައްސަށް ޒިޔާރަތްކޮށް މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

ހާއްސަ ހަވީރުގައި ޝަރަފްވެރިން ބައިވެރިވަނީ، ފޮޓޯ: ބިލެތްފަހި ކައުންސިލް

އިއްޔެ ބިލެތްފަހީގައި މި ހަރަކާތްތައް ފެށިގެން ދިޔައިރު، ޝަރަފްވެރީންނަށާއި، މެޚްމާނުނަށް މަރުޙަބާ ކިޔުމުގެ ކަންތައް ވެސް ކުރިއަށް ގެންދިޔައީ ގައުމީވަންތަކުމެ ކުލަތަކުގައި އެ ރޫހްގައެވެ. މުޅި މާހައުލު ފެންނާން އޮތީ ޤައުމީ ވަންތަ ސިފައެއްގައެވެ.

ބިލެތްފަހީގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ކުލަގަދަ ހަރަކާތްތަކެއް

ބިލެތްފަހީގައި އިއްޔެ ވަނީ މި ދުވަސް ފާހަގަކުރުމަށް ޚާއްޞަ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ކުރިޔަށް ގެންދެވުނު މި ހާއްސަ ހަވީރުގައި ބިލެތްފަހީގެ އެންމެ ހާއްސަ މަސައްކަތަށް ކަމުގައިވާ ކިއްސަރު ވަޑާމާއި ރުކުފަތީގެ މަސައްކަތަށް ދައްކުވައިދީފަވެއެވެ.

ބިލެތްފަހީގެ އެންމެ ހާއްސަ މަސައްކަތަށް ކަމުގައިވާ ކިއްސަރު ވަޑާމާއި ރުކުފަތީގެ މަސައްކަތުގައި މިނިސްޓަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ބިލެތްފަހީ ކައުންސިލް

މި ހަވީރަށްފަހު ބޭއްވި ސަގާފީ ޖާފަތަކީ ވެސް ވަރަށް ފުރިހަމަ ޖާފަތެކެވެ. އިހުގެ ސަގާފީ ގޮތްތައް ގެނެސްދިން މި ޖާފަތުގައި އިހުގެ ކެއުންތައް ތައްޔާރުކޮށްފައި ހުންނަ ގޮތްތައް ދައްކުވައިދީފައިވާއިރު، ޖާފަތުގެ ކަންކަން އިންތިޒާމްކޮށްފައި ވަނީ ސަގާފީ ގޮތްތައް ދެމެހެއްޓުމާއެކުގައެވެ.

ސަގާފީ ޖާފަތުގެ ތެރެއިން، ފޮޓޯ: ބިލެތްފަހީ ކައުންސިލް

މި ދުވަހަށް ޚާއްޞަކޮށް ބޭއްވި ޖަލްސާ ބާއްވާފައި ވަނީ މިއަދު ހެނދުނެވެ. މި ޖަލްސާގައި އެ އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކޮންމެ އަހަރަކު ދޭ "މާރެސް އެވޯޑު" ދީފަވެއެވެ.

ސަގާފީ ޖާފަތުގައި އަތޮޅު ރައީސް ޝިޔާމް ބައިވެރިވަނީ، ފޮޓޯ: ބިލެތްފަހީ ކައުންސިލް

މި ދުވަސް ފާހަގަކުރުމަށް ށ.އަތޮޅު ކައުންސިލުން ކަނޑައެޅި މައިގަނޑު މަޤްޞަދަކީ އަތޮޅު ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ދިރުވައި އާލާކޮށް އިޖްތިމާޢީ ގުޅުން ބަދަހިކުރުމެވެ.

ބިލެތްފަހީގެ އެންމެ ހާއްސަ މަސައްކަތަށް ކަމުގައިވާ ކިއްސަރު ވަޑާމާއި ރުކުފަތީގެ މަސައްކަތް ދައްކާލަނީ، ފޮޓޯ: ބިލެތްފަހި ކައުންސިލް

ބިލެތްފަހީގައި ޤައުމީ ދުވަސް ފުރިހަމަކާއި ކުލަގަދަކޮށް ފާހަގަކުރުމުގެ ތެރެއިން ރަށުން ވަނީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ފެނިފައެވެ. އެގޮތުން ރަށުގެ ކުދި ބޮޑު އެންމެން ވަނީ ރަށުތެރެ ޤައުމީ ދުވަހަށް ތައްޔާރުކުރުމަށް މުއައްސަސާތަކުގެ އެހީތެރިކަމާއެކު އެކި އެކި ގޮތްގޮތުން އެހީތެރިވެދީފައެވެ.

ބިލެތްފަހީގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން، ފޮޓޯ: ކައުންސިލް

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކޮށްފައި ވަނީ ހއ. އުތީމުގައެވެ. އެރަށުގައި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ވެސް ވަރަށް ފުރިހަމައަށެވެ.