އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ބިލެތްފަހީގައި ފަށައިފި
ޕްލާސްޓިކުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބިލެތްފަހި ކައުންސިލުން މަސައްކަތް ފަށައިފިއެވެ. މިގޮތުން މިހާރު ބިލެތްފަހީގައި ފަށާފައިވާ “ސާފު ބިލެތްފަހި” ކެމްޕެއިންގެ ދަށުން އެ ކައުންސިލުން ވަނީ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމަށް “ޕްލާސްޓިކް ނޫންގޮތެއް” މި ޝިއާރުގެދަށުން ހަރަކާތެއް ފަށާފައެވެ. ބިލެތްފަހި ކައުންސިލުން ވިދާޅުވީ އެރަށުގެ މުއައްސަސާތަކުގަައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުމަކީ އެ ކައުންސިލްގެ އަމާޒ...